އިތުރު 26 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އިތުރު 26 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 26 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ރޭ ބުނީ ހޮނިހިރުދުވަހުގެ ހަވީރު 6:00 އިން ފެށިގެން އިއްޔެ ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރަށަކުން އެކަކާއި ރިސޯޓަކުން ތިން މީހަކު ޕޮޒިޓިވްވި ކަމަށް ބުންޏެވެ.

ކޮވިޑަށް އިއްޔެ ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު 13،644 އަށް އެރީ އެވެ. އޭގެ ތެރެއިން 13،072 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިހާރު ފަރުވާ ހޯދަމުން އަންނަ 517 މީހުންގެ ތެރެއިން 33 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މި ބަލި ޖެހިގެން 48 މީހަކު މަރުވެފައި ވެ އެވެ.

މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އެވްރެޖްކޮށް 20 އަށް ވުރެ ދަށްކޮށް ހިފަހައްޓަމުން އަންނަނިކޮށް، މާލޭގައި މިދިޔަ ހަފްތާ ބޭއްވި ކައިވެނި ހަފްލާއަކުން ގިނަ ބަޔަކަށް ވަނީ ބަލި ޖެހިފަ އެވެ. އެ އެންމެންކަރަންޓީން ކުރަން ވަނީ ނިންމައިފަ އެވެ.

ކައިވެނި ހަފުލާތައް ފަދަ އިވެންޓްތައް ބާއްވާއިރު އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުުސޫލްތަކާ އެއްގޮތަށް އަމަލުކުރަން އެތަނުން އަންނަނީ އިލްތިމާސްކުރަމުންނެވެ.