ހިތް ދަމައިގަންނަ ކެމްޕެއިން ކުރިޔަސް އެމްޑީޕީ އަށް ކައުންސިލް އިންތިހާބު ދީގެން ވާނީ ފެއިލް: ގައްސާން
ހިތް ދަމައިގަންނަ ކެމްޕެއިން ކުރިޔަސް އެމްޑީޕީ އަށް ކައުންސިލް އިންތިހާބު ދީގެން ވާނީ ފެއިލް: ގައްސާން

ހިތް ދަމައިގަންނަ ގޮތަށް ކެމްޕެއިން ކުރަން އެނގޭ ކޮންމެ މީހަކީ ގާބިލް މީހެއް ނޫން ކަމަށާއި އެމްޑީޕީއަށް ކައުންސިލް އިންތިހާބު ދީފި ނަމަ ގައުމު ފެއިލްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

ހިތް ދަމައިގަންނަ ކެމްޕެއިން ކުރިޔަސް އެމްޑީޕީ އަށް ކައުންސިލް އިންތިހާބު ދީގެން ވާނީ ފެއިލް: ގައްސާން
ހިތް ދަމައިގަންނަ ކެމްޕެއިން ކުރިޔަސް އެމްޑީޕީ އަށް ކައުންސިލް އިންތިހާބު ދީގެން ވާނީ ފެއިލް: ގައްސާން

މާލޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ބޭއްވި "ވިސްނާ" ޖަލްސާގައި ގައްސާން ވިދާޅުވީ ގައުމުގެ އިގްތިސާދު ހީނަރުވުމާއި، ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތްތައް ބަންދުވެ ޑޮލަރުގެ އަގު ބޮޑު މިވަނީ ކީއްވެތޯ ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށެވެ. މިހާރު ކޮވިޑް-19 ފެތުރިފައި ވިޔަސް 2008 ވަނަ އަހަރު ވެސް އެމްޑީޕީގެ ސަރުކާރުގައި ކަންތައް ވީ ހަމަ އެފަދަ ގޮތަކަށް ކަމަށް ގައްސާން ވިދާޅުވި އެވެ.

އެކަމާ މެދު ވިސްނާލުމުން، ހިތްހަމަޖެހޭ ގޮތަށް މުހާތަބު ކުރުމާއި ހިތް ދަމައިގަންނަ ގޮތަށް ކެމްޕެއިންކޮށްލާ ކޮންމެ މީހަކީ ގާބިލް އަދި އިހުލާސްތެރިއެއް ނޫންކަން މިކަމުން އެނގޭ ކަމަށް ގައްސާން ވިދާޅުވި އެވެ. އަދި ރަށްވެހި ފަތިހުގެ ޝިއާރާއެކު ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީ އެ އިންތިހާބު ކާމިޔާބުކޮށްފި ނަމަ ގައުމު ފެއިލް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތާހިރު ދިރިއުޅުމަކަށް ގެނައި އަނެއް ދިވެހިރާއްޖެ އާއި އިންސާފުގެ ދަތުރޭ ކިޔައިގެން ގެނައި މި ސަރުކާރު ފެއިލްވި ގޮތަށް ރަށްވެހި ފަތިހަކަށް ކައުންސިލް ދީފިއްޔާ މުޅި ގައުމު ވާނީ ފެއިލް. މޮޅެތި ވާހަކަ ދެއްކިޔަސް އަމަލު ދެއްކިފައެއް ނެތް. ރައްޔިތުން ފިކުރު ކުރައްވާ، އަޅުގަނޑުމެން ދައްކާ ވާހަކަ އެކަނި ނުކުރައްވާ،" ގައްސާން ވިދާޅުވި އެވެ.

ގައްސާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 2013 ގައި އެކުލަވައިލި މެނިފެސްޓޯގައި ހުރި ބޮޑެތި މަޝްރޫއުތައް މިއަދު ފެންނަން އެބަހުރި ކަމަށާއި އެ ކަންކަމުގެ ފައިދާ ރައްޔިތުންނަށް ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް މި ސަރުކާރުން 2018 ގައި ވައުދުވި ގޮތަށް އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ގިނަ މަޝްރޫއުތައް ފެށުން ލަސްވުމުގެ އިތުރުން އަޅާފައި ހުރި ފްލެޓުތަކަށް ވެސް މީހުން ނުވެއްދިގެން އުޅޭ ކަމަށް ގައްސާން ވިދާޅުވި އެވެ. އަދި އެކަންކަމުން ސަލާމަތްވުމަށްޓަކައި ރައީސް ޔާމީންގެ ފަހަތުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ގައްސާން ވިދާޅުވި އެވެ.