27 ޑިސެމްބަރ 2020 - 07:49

ޕްރިސްކޫލް ޓީޗަރެއްގެ ވަޒީފާގައި އުޅުނު މީހަކު ވަޒީފާ ދޫކޮށްލިތާ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އިނާމަކަށް 250،000 ޑޮލަރު ލިބި، ބޮޑު އުފަލެއް ލިބިއްޖެ އެވެ.
މި އިނާމު ލިބުނީ އެމެރިކާގެ ނޯތު ކެރޮލައިނާ މީހެއް ކަމަށް ޖޯ ކޭމްޕް ބުނީ ވަޒީފާ ދޫކޮށްލިތާ މަހެއްހާ ދުވަސް ފަހުން ބައްޕަ މަރުވުމުން ލިބުނު ހިތާމަ ވަރަށް ބޮޑުވި ކަމަށެވެ. އަދި އެ ހަނދާންތަކުގެ ތެރޭގައި މާޔޫސްވެފައި ހުރުމުގެ އިތުރަށް ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމުގެ ތެރޭގައި އުޅެނިކޮށް ލިބުނީ ބޮޑު ނަސީބެއް ކަމަށް ބުންޏެވެ.
ޖޯ ކިޔައިދިން ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު 250،000 ޑޮލަރު (3,852,500ރ.) ލިބުނީ ކުރިން ވެސް އޭނާ ފިހާރަތަކުން އާންމުކޮށް ގަނެއުޅޭ ކަހަލަ "ސްކްރެޗް-އޮފް" ޓިކެޓަކުންނެވެ.
"އަހަރެން ގޯލްޑް ރަޝްގެ ދެ ޓިކެޓް ގަތީ. ފުރަތަމަ އެތި ބަލައިލިއިރު އޭގައި ނެތް އެކައްޗެއް ވެސް. ދެވަނަ އެތި ބަލައިލި އިރު ހަޔާތް ބަދަލުކޮށްލާ ވަރުގެ އިނާމެއް އޮތީ ލައްވާލާފައި،" އޭނާ ބުންޏެވެ.
ޖޯ ކިޔައިދިން ގޮތުގައި ޓީޗަރެއްގެ ވަޒީފާގައި 20 އަހަރު ހޭދަކުރިޔަސް ފައިސާގެ ދަތިކަމާ ހުރެ އޭނާގެ ހަޔާތުގައި ހާސިލުނުކުރެވި ހުރި މުހިއްމު ކަންކަން އެބަ ހުއްޓެވެ. އެއް ކަމަކީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމެވެ.
"އެހެންވެ ފުރަތަމަ ކަމަކަށް ބޭނުންވޭ ގެއެއް ގަންނަން. ދެން އަންހެން ދަރިފުޅަށް ރަނގަޅު ތައުލީމެއް ހޯދައިދޭން ބޭނުން،" ޖޯ ބުންޏެވެ. "މި ލިބުނު އިނާމަކީ އެކަމަށް ބޮޑު އެހީއަކަށް ވާނެ."