27 ޑިސެމްބަރ 2020 - 07:53

އާލިއާ ބަޓާ އެކު ސަންޖޭ ލީލާ ބަންސާލީ ހަދަމުން އަންނަ ފިލްމު "ގަންބްގާއީ ކަތިއަވާޅީ" އިން ޓީވީ އެކްޓަރު ޕާތު ސަމްތާން ބޮލީވުޑަށް ނެރެން އުޅޭ ވާހަކަ ވަރަށް ބޮޑަށް މި އަހަރު މީޑިއާތަކުގައި ދެކެވިފައި ވަނިކޮށް އަނެއްކާ ވެސް ޕާތުގެ ވާހަކަ އެހެން ފިލްމަކާ ގުޅުވައިގެން ތިލަވެއްޖެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ބަންސާލީގެ ފިލްމުން ޕާތު ފެންނާނެކަމުގެ އުންމީދެއް ނެތަސް، އާލިއާއާ އެކު ފިލްމެއް ކުޅެން އޭނާ އަށް މިހާރު ވަނީ ލިބިފަ އެވެ. އެއީ ރެސުލް ޕޫކްޓީ ޑައިރެކްޓްރާ "ޕިހާރްވާ" އެވެ. އެ ނޫހުން ބުނި ގޮތުގައި މި ފިލްމު ވާނީ މި އަހަރު ސްޓާ ޕްލަސް އިން ނިންމައިލި ސިލްސިލާ "ކަސޯޓީ" ގެ ބަތަލު ބޮލީވުޑަށް ނެރޭ ފިލްމަށެވެ.
އެކަމަކު މިއީ އަދި ކަށަވަރު ވާހަކައެއް ނޫނެވެ. ރެސުލް އާއި އޭނާގެ ޓީމުން މިކަމާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
"ޕިހާރްވާ" އަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު އެހާރާއި މިހާރު އުފެދިފައިވާ ސިޔާސީ ކޯޅުންތަކުގެ ތެރެއިން ހަނގުރާމައިގެ ވާހަކައެއް ކިޔައިދޭނެ ފިލްމެކެވެ. އެގޮތުން ފިލްމުގައި ދެ ދައުރެއް ދައްކުވައިދޭނެ އެއީ އެވެ. އެއީ 1967 އާއި މިހާރެވެ.
ޕާތު، 29، ބޮލީވުޑަށް ނުކުންނަން އުޅޭ ވާހަކަ ގަދަވެފައިވާ އިރު އޭނާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ކެއިސޭ ހޭ ޔާރިޔާން" އާއި "ޕިޔާރު ތޫނޭ ކިޔާ ކިޔާ" ހިމެނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އާލިއާގެ "ގަންގްބާއީ ކަތިއަވާޅީ" ގެ ބަތަލަކީ ޓީވީ އެކްޓަރު ޝަންތަނޫ މަހޭޝްވަރީ އެވެ.