24 ޑިސެމްބަރ 2020 - 08:31

މިދިޔަ އޯގަސްޓް މަހު ޓެލެގްރާމްގެ ހަތް ވަނަ އަހަރީ ދުވަހާ ދިމާކޮށް ވީޑިއޯ ކޯލް ތައާރަފްކުރުމަށް ފަހު ވޮއިސް ޗެޓް ވެސް ތައާރަފްކޮށްފި އެވެ.
މިއީ ޓެކްސްޓުން ޗެޓްކުރެވޭ ގޮތަށް އާއިލާ އާއި ރައްޓެހިންނާ އަޑުން ޗެޓްކޮށްލެވޭނެ ހިދުމަތެކެވެ.
ޓެލެގްރާމުން ބުނި ގޮތުގައި ވޮއިސް ޗެޓަކީ ވެސް އެ ޕްލެޓްފޯމްގެ ގްރޫޕް ޗެޓްތަކަށް ހިލޭ ލިބޭނެ ހިދުމަތެކެވެ.
ކުރިއަށް އޮތް ތަނުގައި ޓެލެގްރާމަށް އަންނަން ހުރި ބަދަލުތަކުގެ ތެރޭގައި ވީޑިއޯ އާއި ސްކްރީން ޝެއާކޮށްލެވޭ ފީޗާގެ އިތުރުން ގްރޫޕް ވޮއިސް ޗެޓް ވެސް ހިމެނެ އެވެ. ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި މި ފީޗާތައް އަންނާނެ ކަމުގެ އިޝާރާތެއް ދީފައިވެ އެވެ.
މި ބަދަލުތަކާ ބެހޭ ގޮތުން ޓެލެގްރާމްގެ ސީއީއޯ ޕަވެލް ޑުރޯވް ވިދާޅުވީ ބޭނުން ވަނީ ބޭނުންކުރާ މީހުންނާ ވީހާ ވެސް ރައްޓެހި އެއްޗަކަށް ޓެލެގްރާމް ހަދަން ކަމަށެވެ.
އޮގަސްޓް 14، 2013 ގައި ވުޖޫދަށް އައި ޓެލެގްރާމް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 500 މިލިއަނާ ގާތްކުރެ އެވެ.