ފޮރިން މިނިސްޓްރީގެ 88 ވަނަ އަހަރީ ދުވަސް ނޫކުލައިގައި!
ފޮރިން މިނިސްޓްރީގެ 88 ވަނަ އަހަރީ ދުވަސް ނޫކުލައިގައި!

ފޮރިން މިނިސްޓްރީގެ 88 ވަނަ އަހަރީ ދުވަސް 17 ގައުމެއްގައި ނޫކުލައިން މިއަދު ފާހަގަކޮށްފި އެވެ.

ފޮރިން މިނިސްޓްރީގެ 88 ވަނަ އަހަރީ ދުވަސް ނޫކުލައިގައި!
ފޮރިން މިނިސްޓްރީގެ 88 ވަނަ އަހަރީ ދުވަސް ނޫކުލައިގައި!

ރާއްޖޭގައި ފޮރިން މިނިސްޓްރީ ނުވަތަ ވުޒާރަތުލް ހާރިޖިއްޔާ އުފެދުނީ އެންމެ ފުރަތަމަ ގާނޫނުއަސާސީއާ އެކު 1932 ވަނަ އަހަރު އެވެ. އޭގެ ފަހުން މިނިސްޓްރީގެ މަސައްކަތް ފުޅާކޮށް، ރާއްޖޭގެ ޑިޕްލޮމެޓިކް މަސައްކަތްކުރަން 16 ގައުމެއްގައި 17 މިޝަން ވަނީ އުފައްދައިފަ އެވެ. އިންޑިއާގައި ރާއްޖޭގެ ދެ މިޝަން ހިންގަ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެންމެ ފުރަތަމަ ފޮރިން މިނިސްޓަރު އަލް އަމީރު ހަސަން ފަރީދު ދީދީ އަވަހާރަވީ ރާއްޖެއަށް ހިދުމަތްކުރަން، ލަންކާ އަށް ދަތުރުކުރައްވަނިކޮށް ކަމަށެވެ. އަދި އެ މިނިސްޓްރީން އަދިވެސް މަސައްކަތްކުރަމުން އަންނަނީ އޭނާގެ މިސާލާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ. އަލް އަމީރު ހަސަން ފަރީދު ދީދީ ފޮރިން މިނިސްޓަރު ކަމުގެ މަގާމުގައި 12 އަހަރު ހުންނެވި އެވެ.

"އަލް އަމީރް ހަސަން ފަރީދު ދީދީ އަވަހާރަވީ 1944 ވަނަ އަހަރު، އެޗްއެމްއެސް މާލޮއިގައި ރާއްޖެއަށް ކާބޯތަކެތި ހޯދަން ކޮލޮމްބޯ އަށް ކުރެއްވި ދަތުރުގައި. ދެވަނަ ބޮޑު ހަނގުރާމައާ ގުޅިގެން އޭރު ރާއްޖެއަށް އޮތީ ތަދުމަޑުކަމެއް ކުރިމަތިވެފައި،" މިނިސްޓަރު ޓްވިޓާ މެދުވެރިކޮށް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ކަމުގެ މަގާމު މިހާތަނަށް 12 ބޭފުޅަކު އަދާކުރައްވާފައި ވެ އެވެ.

މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "މިހާރު" އަށް ވިދާޅުވީ މިނިސްޓްރީގެ ހަފްލާތައް ފާހަގަކުރާ އިރު އާންމުކޮށް ބޭނުންކުރަނީ ނޫކުލަ ކަމަށެވެ. އަދި މިއަދުގެ މުނާސަބާ ހުރިހާ މިޝަންތަކެއްގައި ވެސް ފާހަގަކުރީ ނޫކުލައިން ކަމަށް ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެތަނުގެ 88 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ރާއްޖޭގަ އާއި އެހެން ގައުމުތަކުގައި ހަރަކާތްތަކެއް ކުރިއަށް ގެންދިޔައީ ކޮވިޑް އިން ރައްކާތެރިވާން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދާ އެއްގޮތަށް ރާއްޖޭގައި މިއަދުގެ ހަރަކާތްތައް ބޭއްވި އިރު، އެހެން ގައުމުތަކުގައި އެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ އެ ގައުމުން ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް ކަމަށް ވެސް ބުންޏެވެ.