ރަޝިޔާގެ ބީޗަކުން އާދަޔާޚިލާފު ބޮޑެތި ސްނޯބޯޅަތަކެއް ފެނިއްޖެ
ރަޝިޔާގެ ބީޗަކުން އާދަޔާޚިލާފު ބޮޑެތި ސްނޯބޯޅަތަކެއް ފެނިއްޖެ

މޮސްކޯ (ނޮވެމްބަރު 5) - ރަޝިޔާގެ ޕްރޮވިންސެއް ކަމަށްވާ ސައިބީރިއާގެ ބީޗަކުން އާދަޔާޚިލާފަށް ބޮޑެތި ސްނޯބޯޅަތަކެއް ފެނިއްޖެ އެވެ. މިއީ އާއްމުކޮށް ފެންނަ މަންޒަރެއް ނޫނެވެ.

ރަޝިޔާގެ ބީޗަކުން އާދަޔާޚިލާފު ބޮޑެތި ސްނޯބޯޅަތަކެއް ފެނިއްޖެ
ރަޝިޔާގެ ބީޗަކުން އާދަޔާޚިލާފު ބޮޑެތި ސްނޯބޯޅަތަކެއް ފެނިއްޖެ

ސައިބީރިއާގެ ބީޗުގައި ހުރި ސްނޯބޯޅަތަކުގެ ސައިޒް ޓެނިސް ބޯޅައަކުން ފެށިގެން ތިން ފޫޓު ފުޅާ ސްނޯ ބޯޅަ ވެސް ހުއްޓެވެ. މިއީ އައިސްގެ އެތިކޮޅުތައް (ސްލޮބް އައިސް) އެކުވެ ވަޔާއި ފެނާ އެކު ރޯލުވަމުން ގޮސް އުފެދޭ ސްނޯގެ ބޯޅަތަކެކެވެ. މި ބޯޅަތައް ފެނުނު ނައިޑާ އަވަށުގެ މީހުން ބުނީ މީގެ ކުރިން އެ މީހުންނަށް މި ކަހަލަ ސްނޯ ބޯޅަތަކެއް ނުފެންނަ ކަމަށެވެ.

ރަޝިޔާގެ ބީޗަކުން އާދަޔާޚިލާފު ބޮޑެތި ސްނޯބޯޅަތަކެއް ފެނިއްޖެ
ރަޝިޔާގެ ބީޗަކުން އާދަޔާޚިލާފު ބޮޑެތި ސްނޯބޯޅަތަކެއް ފެނިއްޖެ

މީގެ ސްނޯ ބޯޅަތަކެއް ވަނީ ޑިސެމްބަރު، 2014 ގައި ގަލްފް އޮފް ފިންލޭންޑް އަދި މިދިޔަ އަހަރުގެ ޑިސެމްބަރު ލޭކް މިޝިގަން އިން ވެސް ފެނިފަ އެވެ.