22 ޑިސެމްބަރ 2020 - 11:34

މުންޗެންގްލަޑްބެކް (ޑިސެމްބަރު 22) – އިދިކޮޅު ކުޅުންތެރިއެއް ގަޔަށް ކުޅުނު ޖެހި މައްސަލައެއްގައި ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ ފްރާންސް ފޯވާޑް މާކަސް ތުރާމް ހަ މެޗަށް ސަސްޕެންޑްކޮށް 40،000 ޔޫރޯ އިން ޖަރުމަން ފުޓްބޯޅަ އެސޯސިއޭޝަނުން ސަސްޕެންޑްކޮށްފި އެވެ.
ހޮފެއިންހަމް އަތުން 2-1 އިން މުންޗެންގްލަޑްބެކް ބަލިވި މެޗުގައި ތުރާމް ކުޅު ޖެހުމާ އެކު ރަތްކާޑު ދެއްކި އެވެ. ވީޑިއޯ ރީޕްލޭ އިން ފެންނަ ގޮތުގައި އޭނާ ކުޅުނު ޖަހަނީ ހޮފެންހެއިމްގެ ސްޓެފަން ޕޯޝްގެ މޫނަށެވެ. ކުޅު ޖެހުމަކީ ފީފާ އިން ވަރަށް ހަރުކަށިކޮށް މަނާކޮށްފައި އޮންނަ ކަމެކެވެ. އަމުދުން ކޮވިޑުގެ ބަލިމަޑުކަމުގައި އެފަދަ ކަމެއް ކުރުމުން އޭނާ އަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ތުރާމް އަކީ ފްރާންސާ އެކު 1998 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ލިލިއަން ތުރާމްގެ ދަރިފުޅެވެ. ޔުވެންޓަސް އާއި ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާގެ ދަރިފުޅުގެ ގޮތުގައި މީޑިއާ އަށް އެންމެ ފުރަތަމަ އެރި ތުރާމްގެ ހުނަރުވެރިކަން ފާހަގަކޮށް ގިނަ ކްލަބްތަކުން އައީ އޭނާ އަށް ފާރަލަމުންނެވެ.
މުންޗެންގްލަޑްބެކް އިން ވަނީ ތުރާމް އެއް މަހުގެ މުސާރައިން ޖޫރިމަނާކޮށްފަ އެވެ. އެ ފައިސާ ދާނީ ޗެރިޓީއަކަށެވެ. ފްރާންސް ގައުމީ ޓީމަށް ތިން މެޗު ކުޅެފައިވާ މާކަސް ބުނީ އެއީ އޭނާ އަށް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި އަދި އެއީ އޭނާގެ އަމިއްލަ ނަފްސުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.
"އަހަންނަށް ހަރަކާތްކުރެވުނީ ގޯސް ގޮތަކަށް. އެއީ ގަސްދުގައި ކުރި ކަމެއް ނޫން. އަހަރެން އެންމެންގެ ކިބައިން މައާފަށް އެދެން،" އޭނާ ބުންޏެވެ.