އަޔޫޝްމަން ކްރާނާ އަކީ "ޑޮކްޓަ ޖީ"
އަޔޫޝްމަން ކްރާނާ އަކީ "ޑޮކްޓަ ޖީ"

"ޑޮކްޓަ ޖީ" ކިޔާ ފިލްމަކަށް އަޔޫޝްމަން ކްރާނާ ސޮއިކޮށްފި އެވެ.

މިއީ ބޮލީވުޑްގައި މި ފަހަކަށް އައިސް ތަފާތު ކޮންޓެންޓްތަކަށް ހަދާ ފިލްމުތައް ކުޅެން މަޝްހޫރު އެކްޓަރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ހުނަރުވެރި އެކްޓަރު 2018 ގެ "ބަދާއީ ހޯ" އާއި 2017 ގެ "ބެރީލީ ކީ ބަރްފީ" އަށް ފަހު، ޖަންގްލީ ޕިކްޗާޒްއާ އެކު މަސައްކަތްކުރާ ތިން ވަނަ ފިލްމެވެ.

"ޑޮކްޓާ ޖީ" އަކީ ޑައިރެކްޓަރު/ޕްރޮޑިއުސަރު އަނޫރާގް ކެޝަޕްގެ ކޮއްކޮ އަނޫބުތީ ކޭޝަޕް ޑައިރެކްޓްކުރާ ކޭމްޕަސް ކޮމެޑީ ޑްރާމާއެކެވެ. މި ފިލްމަށް ސޮއިކުރި ވާހަކަ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އަޔޫޝްމަން ވަނީ ފިލްމުގެ ސްކްރިޕްޓާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ.

ނަމަވެސް "ޑޮކްޓާ ޖީ" ގެ މަސައްކަތް ފަށާނެ އިރަކާއި މީގެ އިތުރު ކާސްޓުންނާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައައެއްނުކުރެ އެވެ.

އަޔޫޝްމަން މި ވަގުތު އަންނަނީ ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ "ޗަންދީގަޅް ކަރޭ އާޝިގީ" ގެ މަސައްކަތްކުރަނުންނެވެ. އޭނާ އެތުލީޓެއްގެ ރޯލު ކުޅޭ ލޯބީގެ ފިލްމުގެ ބަތަލާ އަކީ ވާނީ ކަޕޫރެވެ.

އަޔޫޝްމަންގެ ދެ ފިލްމެއް މި އަހަރު ރިލީޒްކޮށްފައިވެ އެވެ. އެއީ އަހަރުގެ ކުރީކޮޅު ސިނަމާތަކުގައި ދެއްކި "ޝުބް މަންގަލް ޒާދާ ސާވްދާން" އާއި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރި "ގުލާބޯ ސިތާބޯ" އެވެ.