ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ ހިލާފުވާ ނަމަ ޖޫރިމަނާ 100،000ރ. އާ ހަމަ އަށް
ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ ހިލާފުވާ ނަމަ ޖޫރިމަނާ 100،000ރ. އާ ހަމަ އަށް

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތައް 100،000ރ. އާ ހަމަ އަށް ޖޫރިމަނާ ކުރެވޭ ގޮތަށް އުސޫލު ހަދައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު އާއްމުކުރި އެ އުސޫލުގައިވާ ގޮތުން، ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް، ޑިރެކްޓާ ޖެނެރަލް އިއުލާނުކުރައްވާފައިވާ ފިޔަވަޅުތަކާ އެއްވެސް މީހަކު ނުވަތަ ގާނޫނީ ޝަހުސަކުން ހިލާފުވެއްޖެ ނަމަ، އެއީ ކުށެއް ކަމަށް ބަލައި، ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އެގޮތުން ގާނޫނީ ޝަހުސަކުން ފަސް ވަނަ ފަހަރަށް ވުރެ ގިނައިން އުސޫލާ ހިލާފުވެއްޖެ ނަމަ އެއްލައްކަ ރުފިޔާއިން، އަދި އާއްމު މީހަކު، އެންމެ ބޮޑު އަދަދަކަށް 10،000ރ. ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.

- ފުރަތަމަ ފަހަރު ޖޫރިމަނާ، 1،000 ރުފިޔާ

- ދެ ވަނަ ފަހަރު ޖޫރިމަނާ، 3،500 ރުފިޔާ

- ތިން ވަނަ ފަހަރު ޖޫރިމަނާ، 7،500 ރުފިޔާ

- ހަތަރު ވަނަ ފަހަރު ޖޫރިމަނާ، 10،000 ރުފިޔާ

- ފުރަތަމަ ފަހަރު ޖޫރިމަނާ، 5،000 ރުފިޔާ

- ދެ ވަނަ ފަހަރު ޖޫރިމަނާ، 25،000 ރުފިޔާ

- ތިން ވަނަ ފަހަރު ޖޫރިމަނާ، 50،000 ރުފިޔާ

- ހަތަރު ވަނަ ފަހަރު ޖޫރިމަނާ، 75،000 ރުފިޔާ

- ހަތަރު ފަހަރަށް ވުރެ އިތުރުވެއްޖެ ނަަމަ ކޮންމެ ފަހަރަކު 100،000 ރުފިޔާ

ޖޫރިމަނާގެ އަދަދުތައް ބަޔާންކޮށްފައިވީ ނަމަވެސް ބައެއް ހާލަތްތަކުގައި އެ ޖޫރިމަނާގެ މިންވަރު މަތިކުރުމުގެ އިހްތިޔާރު، ޑިރެކްޓާ ޖެނެރަލްއަށް ލިބިގެންވެ އެވެ. އެއީ

- ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ނުވަތަ ބައްޔެއް ޖެހިފައިވާ ކަމަށް ޝައްކުކުރެވިގެން ކަރަންޓީނުކޮށްފައިވާ ނުވަތަ އެކަހެރިކޮށްފައިވާ މީހާ، އަމުރާ ހިލާފުވުން

- މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށާއި ތަންތަނަށް ވަދެނިކުތުން

- ބަލި ޖެހިފައިވާ މީހާ ނުވަތަ ޝައްކު ކުރެވޭ މީހާގެ މައުލޫމާތު، އެނގިހުރެ ސިއްރުކުރުން

- ނުރައްކާތެރި ބައްުޔެއް ޖެހިފައިވާ މީހާ ރާއްޖެ އެތެރެކުރުމަށް މަގު ފަހިކޮށްދިނުން ނުވަތަ ރާއްޖެ ގެނައުން

އެޗްޕީއޭގެ އުސޫލުގައި ބުނީި އެއަށް އަމަލު ކުރާނީ ކޮވިޑް-19އާ ގުޅިގެން މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ކުއްލި ނުރައްކަލުގެ ގާނޫނު ތަސްދީގުކޮށް، އެ ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާނުކުރާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީހާ ހަމައަށް ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވާ ނަމަ ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައި މި ވަނީ، އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުން އަންނަ ވަގުތެއްގަ އެވެ.