މެޑިފްލެކްސް އިން ޕީސީއާރު ޓެސްޓް ހަދައިދޭން ފަށައިފި
މެޑިފްލެކްސް އިން ޕީސީއާރު ޓެސްޓް ހަދައިދޭން ފަށައިފި

މުޅިން އަލަށް ހިދުމަތް ދޭން ފެށި މެޑިފްލެކްސް އިން ކޮވިޑާ ގުޅޭ ޕީސީއާރު ޓެސްޓް ހަދައިދޭން ފަށައިފި އެވެ.

މެޑިފްލެކްސް އިން ޕީސީއާރު ޓެސްޓް ހަދައިދޭން ފަށައިފި
މެޑިފްލެކްސް އިން ޕީސީއާރު ޓެސްޓް ހަދައިދޭން ފަށައިފި

މެޑިފްލެކްސް އިން ބުނީ އެ ތަނުގައި ޕީސީއާރު ޓެސްޓް ކުރަނީ ދުނިޔޭގެ އިތުބާރު ހޯދާފައިވާ، އެމެރިކާގެ މަޝްހޫރު ތާމޯފިޝާ ސައިންޓިފިކްގެ ޓެކްނޮލޮޖީ ކަމަށެވެ. ލެބޯޓްރީގައި ކޮވިޑް ޓެސްޓުކުރުމަށް ބޭނުންކުރާ ޕީސީއާރު ޓެސްޓް ކިޓަކީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ޑަބްލިއުއެޗްއޯގެ އެޕްރޫވަލް ލިބިފައިވާ ކިޓްތަކެކެވެ.

މެޑިފްލެކްސް އިން ޕީސީއާރު ޓެސްޓް ހަދައިދޭން ފަށައިފި
މެޑިފްލެކްސް އިން ޕީސީއާރު ޓެސްޓް ހަދައިދޭން ފަށައިފި

ކަނބާ އައިސާ ރަނި ހިނގުމުން އައިޖީއެމްއެޗް ހޮސްޕިޓަލް ކުރިމައްޗަށްވާ ގޮތަށް ހުންނަ މ. ކޮޓޭޖް ގްރައުންޑް ފްލޯގައި ހިންގާ މެޑިފްލެކްސްގެ ހިދުމަތް ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށް ލިބޭނެ އެވެ.

އާއްމު ރައްޔިތުންނާއި ޓޫރިޒަމަށް ވެސް ޕީސީއާރު ޓެސްޓް ހެދުން ހުޅުވާލާފައިވާއިރު، މެޑިފްލެކްސް އިން ޓެސްޓް ހަދާތާ ގިނަވެގެން 12 ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭނެ އެވެ. އަދި އެކްސްޕްރެސް ހިދުމަތް ހޯދާ ނަމަ، އިތުރު ޗާޖަކާއި އެކު ގިނަވެގެން ހަ ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭ ގޮތަށް ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށް މެޑިފްލެކްސް އިން ބުންޏެވެ.

މެޑިފްލެކްސް އިން ބުނީ ޓޫރިސްޓުންގެ ސާމްޕަލް ފޮނުވުމުން މާލެ އާއި ހުޅުމާލޭގެ އިތުރުން އެއާޕޯޓުން ވެސް ސާމްޕަލްތަކާއި ހަވާލުވާނެ ކަމަށެވެ.

ޓެސްޓް ކުރުމުގެ އަގުގެ ތެރޭގައި، ލެބް ޓެސްޓްގެ އިތުރަށް ސާމްޕަލް ކަލެކްޝަނަށް ބޭނުންކުރާ ތަކެތީގެ އަގު ހިމެނެ އެވެ. އަދި މާކެޓުގެ އަގުތަކާއި އަޅާ ބަލާއިރު، މެޑިފްލެކްސްގެ އަގުތައް ރަނގަޅުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޓެސްޓްގެ ނަތީޖާ ކަސްޓަމަރު ބޭނުންވާނަމަ އީމެއިލް ކޮށްދޭނެ ކަމަށް މެޑްފްލެކްސް އިން ބުނެ އެވެ. އިތުރު މައުލޫމާތު ބޭނުންވާނަމަ، އެ ތަނަށް 3308020 އަށް ގުޅުމުން ނުވަތަ[email protected]އަށް އީމެއިލް ކުރުމުން އެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.