ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ޕެކެއް
ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ޕެކެއް

މި އަހަރުގެ ނިންމުން ފާހަގަ ކުރުމަށް ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުން 75 ރުފިޔާގެ މިނީ ޑޭޓާ ބަންޑްލްއެއް އެކްޓިވޭޓް ކޮށްގެން 100 ޕަސެންޓަށް އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ވެލިއު އޮފާ އެކްޓިވޭޓް ކޮށްގެން ކޮންމެ ކަސްޓަމަރަކަށް 1.5 ޖީބީގެ ބަދަލުގައި 3 ޖީބީގެ ޑޭޓާގެ އެލަވަންސެއް ލިބޭނެ އެވެ.

ޕްރީޕެއިޑު ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން މި ތައާރަފުކުރި އޮފާ ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް އެކްޓިވޭޓު ކުރެވޭނެ އެވެ. މި ޕެކޭޖުގެ މުއްދަތަކީ ހަތް ދުވަހެވެ. ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ ޖަނަވަރީ 10، 2021 ގެ ނިޔަލަށެވެ.

މީގެ އިތުރުން ދިރާގުން ވަނީ ދާދި ފަހުން މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލުތަކެއް ގެނެސް، "ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް" ތައާރަފު ކޮށްފަ އެވެ. މި ބަދަލުތަކާ އެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ އެއް ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

އާ ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށްފަހު 343 އަށް މެސެޖު ކުރުމުން އެކްޓިވޭޓް ވާނެ އެވެ.