ތުރުކީގައި ވެންޓިލޭޓަރެއް ގޮވައި ނުވަ މީހުން މަރުވެއްޖެ
ތުރުކީގައި ވެންޓިލޭޓަރެއް ގޮވައި ނުވަ މީހުން މަރުވެއްޖެ

އިސްތަންބޫލް (ޑިސެމްބަރު 19) - ތުރުކީގެ ދެކުނުގައި ކޮރޯނާވައިރަހުގެ ބަލި މީހުންނަށް ފަރުވާ ދޭ ހޮސްޕިޓަލެއްގައި އޮކްސިޖަން ވެންޓިލޭޓަރެއް ގޮވައި ނުވަ މީހުން މަރުވެއްޖެ އެވެ.

ސަންކޯ ޔުނިވާސިޓީ ހޮސްޕިޓަލްގައި ވެންޓިލޭޓަރު ގޮވުމުން އިންޓެންސިވް ކެއާ ޔުނިޓްގައި ވަނީ އަލިފާން ރޯވެފަ އެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. މަރުވި ނުވަ މީހުންގެ ތެރޭން އެކަކު މަރުވެފައި ވަނީ އައިސީޔޫ އިން އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރަން އުޅުމުގެ ތެރޭގަ އެވެ. ހޮސްޕިޓަލުން ބުނީ މަރުވި މީހުންގެ އުމުރު އުޅެނީ 56-85 އާ ދެމެދު ކަމަށެވެ.

އަލިފާން ރޯވި ސަބަބު ހޯދުމަށް ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ.

ތުރުކީން ވަނީ 2,004,285 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، 17،851 މީހުން މަރުވެފަ އެވެ. އިއްޔެ ވެސް ވަނީ 22،195 މީހުން ޕޮޒިޓިވްވެ 241 މީހުން މަރުވެފަ އެވެ.