ޗުއްޓީގައި މިހާރު އޮތީ އަތޮޅު ބުރު ޖެހުން!
ޗުއްޓީގައި މިހާރު އޮތީ އަތޮޅު ބުރު ޖެހުން!

ކުރިން ނަމަ، މި ދުވަސްވަރު ނާޒިމާ އަލީގެ އާއިލާއިން ފޮށިތަންމަތި ބަންނާނީ ރާއްޖޭން ބޭރަށް ދާށެވެ. ނޫނީ، އާއިލާ މީހުންނާ ބަދަލުކޮށްލަން އުފަން ރަށަށް ދާށެވެ. އެކަމަކު ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، ހާލަތު ތަން ދިނީ، ބޮޑު ޗުއްޓީގެ މާ ކުރިން، ފޮށިތަންމަތި ހިފައިން ރަށަށް ބަދަލުވާށެވެ. ރަށަށް އައިސް، އާ ދިރިއުޅުމެއް ފަށައިގެން ނަމަވެސް، ކުދިންގެ ޝައުގުވެރިކަމެއް އޭނާއަކަށް ނުހޯދުނެވެ. އެކަމަކު އެއީ މީގެ ދެ ހަފުތާއެއްހާ ކުރިއާ ހަމައަށެވެ.

ޗުއްޓީގައި މިހާރު އޮތީ އަތޮޅު ބުރު ޖެހުން!
ޗުއްޓީގައި މިހާރު އޮތީ އަތޮޅު ބުރު ޖެހުން!

މިހާރު ނާޒިމާގެ ކަމަކީ، ހަފުތާ ބަންދުގައި، ކުދިންކޮޅު ގޮވައިގެން ކައިރި ރަށްރަށަށް ޒިޔާރަތް ކުުރުމެވެ. އޭނާގެ ބަހުން ނަމަ، "އަތޮޅު ބުރު" ޖެހުމެވެ. އަތޮޅު ފެރީގައި ގޮސް، ދެ ދުވަހުން ފަސް ވަރަކަށް ރަށް ބަލައިލެވެ އެވެ. އާ މީހުންނާ ބައްދަލުވެ، ކޮންމެވެސް އާ ތަނެއް ވެސް ބަލައިލެވެ އެވެ.

ޗުއްޓީގައި މިހާރު އޮތީ އަތޮޅު ބުރު ޖެހުން!
ޗުއްޓީގައި މިހާރު އޮތީ އަތޮޅު ބުރު ޖެހުން!

"ކުރިން އަބަދުވެސް ޗުއްޓީއަށް އާދެވޭނީ ރަށަށް. ބޮޑު ޗުއްޓީ އެއްކޮށް ރަށުގައި އުޅުނަސް އެހެން ރަށަކަށް ޒިޔާރަތްކޮށް، ތަންތަން ބަލައިލުމުގެ ޝައުގުވެރިކަމެއް ނުހުރޭ،" ހދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ނާޒިމާ ބުންޏެވެ.

ޗުއްޓީގައި މިހާރު އޮތީ އަތޮޅު ބުރު ޖެހުން!
ޗުއްޓީގައި މިހާރު އޮތީ އަތޮޅު ބުރު ޖެހުން!

ރާއްޖޭގެ އެންމެ ބޮޑު އެއް ކަނޑޫފާ އޮންނަނީ އެ އަތޮޅު ނޭކުރަންދޫގަ އެވެ. ބިންބި ހައްދާލާފައި އޮންނައިރު، ވައިކަރަދޫގެ ދަނޑުތައް ވަރަށް ޗާލެވެ. މަތިންދާ ބޯޓުން ހަނިމާދޫ އެއާޕޯޓަށް އަންނާތީ، އެންމެ ރީތި ބީޗަކަށް އޭނާއަށް އަބަދުވެސް ފެންނަނީ އެ ރަށު އަތިރިމައްޗެވެ. އެކަމަކު، ހަމަ އެހާ ރީތި، ނުވަތަ އެއަށް ވުރެވެސް ފުރިހަމަ ގޮނޑުދޮށްތައް އެހެން ރަށްރަށުގައި އޮންނަކަން މިހާރު އޭނާއަށް އެނގިއްޖެ އެވެ.

ޗުއްޓީގައި މިހާރު އޮތީ އަތޮޅު ބުރު ޖެހުން!
ޗުއްޓީގައި މިހާރު އޮތީ އަތޮޅު ބުރު ޖެހުން!

ނާޒިމާގެ ކޮއްކޮ، މާޒިން އަލީ މުޅި އުމުރު ހޭދަކުރީ ރަށުގައި ކަމަށް ވިޔަސް، ކައިރި ރަށްރަށް ބަލާލުމުގެ ވިސްނުމެއް ކުރިއަކުން އޭނާގެ ނެތެވެ. ފަހަރެއްގައި ދަތުރުވަރެއްގައި، ނުވަތަ ޑޮކްޓަރަށް ދައްކާލަން ކުޅުދުއްފުއްޓަށް ނުވަތަ ހަނިމާދުއަށް ގޮސްލިޔަސް، އިތުރު ރަށަކަށް އޭނާއަށް ދެވިފައެއް ނެތެވެ.

ޗުއްޓީގައި މިހާރު އޮތީ އަތޮޅު ބުރު ޖެހުން!
ޗުއްޓީގައި މިހާރު އޮތީ އަތޮޅު ބުރު ޖެހުން!

އެކަމަކު އަތޮޅު ފެރީގައި، ރައްޓެހިންނާ އެކު އޭނާ މިހާރު ވަރަށް ގިނަ ރަށްރަށް ހިނގައްޖެ އެވެ. މަކުނުދޫން ވައިކަރަދޫން ނޭކުރަންދޫން ކުޅުދުއްފުއްޓަށް ގޮސް، އެ ރަށުގައި އޮތް އެހެން އަތޮޅެއްގެ ފެރީއަކަށް އަރައި އެ ރަށުގެ ރަށްތައް ވެސް ބަލައިފި އެވެ.

"އަސްލު މިހާރު ހިތަށްއަރާ ކީއްވެބާއޭ ކުުރިން މިގޮތަށް ރަށްރަށަށް ނުދަނީ. އަސްލު މީހުން ވެސް ވަރަށް ތަފާތު، ތަންތަން ވެސް ވަރަށް ތަފާތު،" އުމުރުން 20 އަހަރުގެ މާޒިން ކިޔައިދިނެވެ.

މާލެ އަކީ ދިވެހިންގެ ހުރިހާ ކަމެއްގެ ވެސް މައި ހަބެވެ. ކިޔަވަން ވެސް ޑޮކްޓަރަށް ދައްކަން ވިޔަސް، ވަޒީފާ އަދާކުރަން ވިޔަސް އެންމެ ފުރިހަމަ ހިދުމަތް ހޯދަން ދާން ޖެހެނީ މައި ރަށަށެވެ. އެކަމަކު ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު ވެރިރަށުގައި ބަންދު ބޯޑު އެޅުވި އިރު ހިދުމަތްތަކަށް ޖެހުނީ އެހެން ގޮތެއް ހޯދާށެވެ. ބަލި މީހުން ޖެހުނީ ދަތުރު ހަދައިގެން މާ ދުރު ރަށްރަށަށް ޑޮކްޓަރަށް ދައްކަން ދާށެވެ. މާލެ އަތޮޅާއި އަރިއަތޮޅު މީހުން ޑޮކްޓަރަށް ދައްކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދާން ޖެހުނު އިރު، މެދުރާއްޖެ ތެރޭ މީހުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ވެސް ދިޔަ އެވެ. އެކަމަކު ބޭސްފަރުވާގެ ކަންކަން ނިންމާލާފައި، ގިނަ މީހުން ނުކުތީ އަތޮޅު ބުރުޖަހާށެވެ.

"މީގެ ކުރިއަކުން މިހާ ދުރަށް އަންނާކަށް ހިތަކަށް ވެސް ނާރާ. އެކަމަކު އާދެވުނީމައި ބޭނުންވީ ރަށްރަށް ބަލާލަން،" ބޭސްފަރުވާއަށް، ރ. އުނގޫފާރަށް ދިޔަ އއ. ތޮއްޑޫގެ ޒުވާން އަންހެނަކު ބުންޏެވެ.

ހުރިހާ ވެސް ޝުކުރެއް، އަތޮޅުގެ އެއް ރަށުން އަނެއް ރަށަށް މީހުން އަރުވަމުން، ބާލަމުން ދަތުރުކުރާ އަތޮޅު ފެރީއަށެވެ. އުނގޫފާރަށް ބޭހަށް ދިޔަ ދަތުރުގައި، ތޮއްޑޫގެ ޒުވާނާ އެ އަތޮޅުގެ ހަ ރަށަކަށް ޒިޔާރަތްކުރި އެވެ.

"އަލިފުށީ މީހުން ވަރަށް ހެޔޮ. މީދު އާއި އަނގޮޅިތީމުގައި ވަރަށް މީރުކޮށް ކައްކާ މީހުން އުޅޭ،" ޒުވާނާ އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.

"ދުވަހަކު ވެސް ހިއެއް ނުކުރަން މިގޮތަށް، ރަށްރަށަށް ބުރުޖެހުމުގެ ފުރުސަތު ލިބޭނެ ކަމަކަށް."

އޭނާ ދެން ނިންމައިގެން ހުރީ، ރާއްޖޭގެ ދެކުނުގެ ރަށްރަށް ތަޖުރިބާކޮށްލަން ދާށެވެ.

ކޮވިޑްގެ ބަލިމަޑުކަން އޮތް ނަމަވެސް، ކުރިއަށް ވުރެ އަތޮޅުތަކުގެ މެދުގައި ދަތުރުފަތުރުތައް ގިނަވެއްޖެ އެވެ. އެކަން ޔަގީންކޮށްލަން، "މިހާރު"ން ބައެއް ކައުންސިލްތަކަށް ގުޅާލުމުން ވެސް ދިނީ ހަމަ އެ ޖަވާބެވެ.

"މާ ދުރުން ދަތުރު ހަދައިގެން މި ރަށު ބީޗު ބަލާލަން މީހުން މިހާރު އާދޭ. މި ރަށުން ދެން އެ މީހުން ދާނީ އެހެން ރަށަކަށް،" ހއ. މޮޅަދޫ ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.

މިއީ ކޮވިޑްގެ މި މާޔޫސީ ހާލަތުން ފެނުނު އުފާވެރި މަންޒަރެކެވެ. ގިނަ ބަޔަކަށް އާ ތަޖުރިބާތަކެއް ކޮށްލަން ލިބުނު ފުރުސަތެކެވެ.