19 ޑިސެމްބަރ 2020 - 20:13

ސެލްޓެކް އިން ބަދިގޭ ސާމާނަށް ހާއްސަ "ހޯމް ކިޗަން" ހުޅުވައިފި އެވެ.

މިއީ ސެލްޓެކްގެ ދަށުން ހިންގާ ހަތަރު ވަނަ ފިހާރަ އެވެ. މި ފިހާރަ އިން ބަދިގެ އާއި ގޭތެރެއަށް ބޭނުންވާ ގިނަ ސާމާނު ހެޔޮ އަގުގައި ލިބެން ހުންނާނެ އެވެ. ބަދިގެ އަށް ހާއްސަ ފިހާރައެއް ހުޅުވުމުން ވިޔަފާރި ކުރަންދާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް އެ ފިހާރަ އިން ބުނެ އެވެ.

ހޯމް ކިޗަން ހުޅުވުމާ އެކު ކަސްޓަމަރުންނަށް ހާއްސަ އަގުތަކެއްގައި ތަކެތި ލިބެން ހުންނަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. އެގޮތުން ވިޔަފާރި ކުރާ ފަރާތްތަކަށް މި މަސް ނިދެމްދެން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
އެ ފިހާރަ އިން ރީޓެއިލްކޮށް އަދި ހޯލްސެއިލްކޮށް ތަކެތި ލިބޭނެ އެވެ. ތެލި، ތަށި، ޖޯޑު އަދި ކެއްކުމަށް ބޭނުން ކުރާ ގިނަ އާލާތްތަކެއް ލިބެން ހުންނަ އެ ފިހާރައަށް ތަކެތި ގެންނަނީ މެލޭޝިއާ، ދުބާއީ، އިންޑިއާ އާއި ޗައިނާއިންނެވެ
ސެލްޓެލް އަކީ ހޯމް އިމްޕްރޫވްމަންޓް ގިނަ ސާމާނުތަކެއް ވިއްކަމުން އަންނަ އާންމުންގެ މަގްބޫލުކަން މިހާރު ވެސް ހޯދާފައިވާ ފިހާރައެކެވެ. އެގޮތުން ސެލްޓެކް އިން މައްޗަންގޯޅި އާއި ގަލޮޅު އަދި ހުޅުމާލޭގައި ވެސް ވަނީ ފިހާރަ ހުޅުވައިފަ އެވެ.