ގެނބުނު ކުޑަކުއްޖަކަށް ސިފައިން އެހީވެއްޖެ
ގެނބުނު ކުޑަކުއްޖަކަށް ސިފައިން އެހީވެއްޖެ

ގއ. މާނަގަލާ ކައިރިއަށް މޫދަށް ގޮސް އުޅެނިކޮށް ގެނބިގެން ހާލު ދެރަވި ކުޑަކުއްޖަކަށް ސިފައިން އެހީވެއްޖެ އެވެ.

އާއިލާއާ އެކު މޫދަށް ގޮސް އުޅެނިކޮށް، މިއަދު ގެނބުނީ 13 އަހަރުގެ ކުއްޖެކެވެ. އާއިލާގެ މީހަކު އެ ކުއްޖާ ސަލާމަތް ކުރި ނަމަވެސް ހާލުދެރަވުމުން، ސިފައިން ވަނީ ކޯސްޓްގާޑުގައި އެ ކުއްޖާ އެ އަތޮޅު ހޮސްްޕިޓަލަށް ގެންގޮސްފަ އެވެ.

ގއ. އަތޮޅު ހޮސްޕިޓަލުން ބުނީ ކުޑަކުއްޖާގެ ހާލު ސީރިއަސް ނޫން ނަމަވެސް، އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ކަނޑުމަތީގެ ގިނަ މި ފަދަ ހާދިސާތަކުގައި ސިފައިންގެ އެހީތެރިކަން ވަރަށް ބޮޑަށް އާއްމުންނަށް ލިބެ އެވެ. އެގޮތުން އެންމެ ގިނައިން ކޯސްޓްގާޑުގެ އެހީއަށް އެދެނީ ދޯނި ފަހަރު ފަރަށް އަރައިގެންނާއި މޫސުން ގޯސްވެގެން ދިމާވާ ހާދިސާތަކުގަ އެވެ.