ޖެނިފާ ލޯރެންސްގެ ލޯބިވެރިޔަކީ ކާކު؟
ޖެނިފާ ލޯރެންސްގެ ލޯބިވެރިޔަކީ ކާކު؟

"ހަންގަގޭމްސް" ފަދަ ފިލްމްތައް ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު ޒުވާން ބަތަލާ ޖެނިފާ ލޯރެންސް މިހާރު ރައްޓެހިވެގެން އުޅެނީ ކާކާކަން އެނގިނެއްޖެ ނަމަ ފަހަރެއްގައި ބައެއް މީހުން ހައިރާން ވެސް ވެދާނެ އެވެ.

ޖެނިފާ ލޯރެންސްގެ ލޯބިވެރިޔަކީ ކާކު؟
ޖެނިފާ ލޯރެންސްގެ ލޯބިވެރިޔަކީ ކާކު؟

އެކަމަކު އެއީ މައްސަލައެއް ނޫނެވެ. އުމުރުން 26 އަހަރުގެ މި ރީތި ބަތަލާ ހިތާވެގެން އުޅެނީ އޭނާ އަށް ވުރެ އުމުރުން 21 އަހަރު ދޮށި ޑައިރެކްޓަރު ޑެރެން އޮރޮނޮފްސްކީ އާ އެވެ.

އޭނާއަކީ ކާކުކަން އެންމެ ފަސޭހަ އިން އެނގޭނެ ގޮތަކީ ކާމިޔާބު ފިލްމް ބްލެކް ސްވޯން (2010) ގެ ޑައިރެކްޓަރޭ ބުނެފި ނަމަ އެވެ. އޭނާ ޑައިރެކްޓްކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ނޯއާ (2014)، ފޯޗްން ކުކީ (1991) އަދި ޕައި (1998) ފާހަގަކޮށްލެވެ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ރިލީޒްވި ފިލްމް "ސިލްވަ ލައިނިންސް ޕްލޭބުކް" އިން އެންމެ މޮޅު ބަތަލާގެ އޮސްކާ ހޯދި ލޯރަންސާއި ޑެރެން ޑޭޓް ކުރަމުން އަންނަތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ. އެކަމަކު އެ ގުޅުމާ ބެހޭ ގޮތުން ދެ މީހުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ދާދި ފަހުން ނިއުޔޯކްގެ މަގުމަތިން ދެ މީހުން އަތުގުޅުވާލައިގެން އުޅެނިކޮށް ފެނުމުގެ އިތުރަށް ވަރަށް ބޮޑަށް ގައިގޯޅިވެގެން އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް މީޑިއާތަކަށް މިހާރު ވަނީ ތިލަވެފަ އެވެ.

އެހެންވެ ދެ މީހުން ވެސް އުޅެނީ ވަރަށް ސީރިއަސް ގުޅުމެއްގައި މިހާރު ކަށަވަރުވެފައިވާ ކަމަށް ހޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖެނިފާ އާއި ޑެރެންގެ ގުޅުން ފެށިގެން އައީ އެ ދެ މީހުން މިހާރު އެކުގައި މަސައްކަތް ކުރަމުން އަންނަ ފިލްމުގެ ޝޫޓިންގެ ތެރެއިންނެވެ.

ޑެރެން ލިޔެ، ޑައިރެޓް ކުރާ އެކަމަކު އަދި ވަކި ނަމެއް އިއުލާންކޮށްފައި ނުވާ މި ފިލްމަކީ އަންނަ އަހަރު ރިލީޒް ކުރަން ތާވަލްކޮށްފައިވާ ފިލްމެކެވެ.

އުމުރުން 47 އަހަރުގެ ޑެރެން މިހާތަނަށް ކައިވެންޏެއްކޮށްފައި ނުވިޔަސް، އޭނާ ކުރިން ރައްޓެހިވެގެން އުޅުނު ބަތަލާ ރަޗެލް ވެއިސްޒް އަށް ކައިވެނިން ބޭރުގައި ފިރިހެން ދަރިއަކު ލިބިފައިވެ އެވެ. އެއީ މިހާރު އުމުރުން 10 އަހަރުގެ ހެންރީ އެވެ.

އެ ދެ މީހުން 2005 ގައި އެންގޭޖް ވެސް ވި އެވެ. އެކަމަކު 2006 ގައި ދަރިއަކު ލިބުމާ އެކު އެންގޭޖަމަންޓް ރޫޅާލި އެވެ.

ޖެނިފާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 21 ގައި ރިލީޒް ކުރާ "ޕެސެންޖާސް" އިންނެވެ.