17 ޑިސެމްބަރ 2020 - 23:55

ފާއިތުވެދިޔަ 24 ގަޑި އިރު ތެރޭ ރާއްޖެއިން 16 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ކޮވިޑް-19 އަށް 16 މީހުން ޕޮޒިޓިވްވީ 3،171 ސާމްޕަލްގެ ތެރެއިންނެވެ. މިއަދު ޕޮސިޓިވް ވި 16 މީހުންގގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 11 މީހުންނާއި ލައިވް އެބޯޑްތަކުން ހަތަރު މީހުންނެވެ.
މިއާއެކު ޖުމްލަ ޕޮޒިޓިވް އަދަދު ވަނީ 13،418 އަށް އަރާފަ އެވެ. އޭގެ ތެރެއިން މިހާރު ފަރުވާދެމުން އަންނަނީ 535 މީހުންނަށެވެ. އަދި 12،828 މީހުން ވަނީ ރަނގަޅުވެފަ އެވެ. ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން 48 މީހަކު ވަނީ އެޑްމިޓްކޮށްފަ އެވެ.
މި ބަލީގައި މިހަތަނަށް 48 މީހަކު ރާއްޖެއިން ވަނީ މަރުވެފަ އެވެ.