17 ޑިސެމްބަރ 2020 - 17:40

މ. ވޭވަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 79 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
މި މަޝްރޫއުގެ ދަށުން، 56،925 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރާ ސަރަޙައްދު ފުންކުރާނެ އެވެ. މީގެ އިތުރުން، 5،992 ކިއުބިކް މީޓަރުގެ މިހާރު ބޭނުންކުރަމުންދާ ބަނދަރު ސަރަޙައްދު ފުންކުރުމާއި 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން ހިމެނެ އެވެ. އަދި 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 1،880 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތް ވެސް ގިނަ ރަށްތަކެއްގައި އަންނަނީ ކުރަމުންނެވެ.