ކާތިކް ބޭނުމީ ދިގު އިސްތަށިގަނޑު އަލުން ޓްރެންޑަކަށް ހަދަން
ކާތިކް ބޭނުމީ ދިގު އިސްތަށިގަނޑު އަލުން ޓްރެންޑަކަށް ހަދަން

ފިރިހެނުންގެ ދިގު އިސްތަށިގަނޑެއް އޮތުމަކީ ވަރަށް ތަފާތު ގޮތެއް ކަމަށާއި އެއީ ޓްރެންޑަކަށް އަލުން ހެދުން ކިހިނެއް ވާނެތޯ ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔަން ސުވާލުކޮށްފި އެވެ.

ލޮކްޑައުންގެ ތެރޭގައި ދިގުކުރި އިސްތަށިގަނޑާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު، 30 އަހަރުގެ އެކްޓަރު ވަނީ ހެއާލައިކްކާތިކްއާރިޔަންގެ ނަމުގައި ހޭޝްޓެއްގެ ވެސް ތައާރަފުކޮށްފަ އެވެ. އޭނާގެ މި ޕޯސްޓަރަށް ވަރަށް ގިނަ ބަޔަކު އަންނަނީ ލައިކްކޮށް، ކޮމެންޓް ވެސް ކުރަމުންނެވެ.

ކާތިކް ވަނީ އިންސްޓްގްރާމްގައި، ދިގު އިސްތަށިގަނޑާ އެކު ނަގާފައިވާ އެތައް ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އަދި އެ ލުކްގައި ފިލްމެއްގައި ރަސްކަލެއްގެ ރޯލު ކުޅެލުމަކީ ވެސް ވަރަށް ސަޅި ކަމަކަށް ވާނެ ކަމަށް ބުނެ ފޮޓޯތަކެއް ޕޯސްޓްކޮށްފައިވެ އެވެ.

ބޮލީވުޑްގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ކާތިކް މި ވަގުތު އަންނަނީ ޑައިރެކްޓަރު ރާމް މަދުވާނީގެ "ދަމާކާ" ގެ މަސައްކަތްކުރަމުންނެވެ. އޭނާގެ އަތުގައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ބޫލް ބުލައްޔާ 2" އާއި "ދޯސްތާނާ 2" ހިމެނެ އެވެ.

ދެހާސް އަށާރައިގެ ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިން ވިދައިލި އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ފެބްރުއަރީގައި ރިިލީޒްކުރި "ލަވް އާޖް ކަލް" އެވެ.