16 ޑިސެމްބަރ 2020 - 19:41

މާލޭގެ މަޖީދީ މަގުގައި ފަޔާ ހައިޑްރަންޓް ސިސްޓަމް ބަހައްޓަން ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން ފަށައިފި އެވެ.
މި މަޝްރޫއުގެ ދަށުން މަޖީދީ މަގުގައި 12 ފަޔާ ހައިޑްރަންޓް ބަހައްޓާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ މިކަމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަނީ ނެޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީއާ ގުޅިގެން ކަމަށެވެ. އަދި މިހާ ތަނަށް ތިން ފަޔާ ހައިޑްރަންޓް ބަހައްޓޓައިފި ކަމަށާއި އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރާ ކަމަށް ވެސް ބުންޏެވެ.
ފަޔާ ހައިޑްރަންޓް ބަހައްޓަން ބޭނުންވާ ތަކެތި ފޯރުކޮށްދޭނީ ފަޔާ އެންޑް ރެސްކިއު ސާވިސް އިންނެވެ.