ޓްވިޓާ އަށް އަޔަލެންޑުން ޖޫރިމަނާއެއް
ޓްވިޓާ އަށް އަޔަލެންޑުން ޖޫރިމަނާއެއް

ޓްވިޓާގެ ބާގަނޑެއްގެ ސަބަބުން ޕްރައިވެޓް ޓްވީޓްތަކެއް އާންމުވި މައްސަލައެއްގައި އަޔަލެންޑުން ޓްވިޓާ ޖޫރިމަނާކޮށްފި އެވެ.

ޓްވިޓާ އަށް އައި 450،000 ޕައުންޑް (605,403 ޑޮލަރު) ގެ ޖޫރިމަނާ ވެގެން ދިޔައީ އީޔޫގައި އަލަށް އަމަލުކުރަން ފެށި ޖެނެރަލް ޑޭޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން (ޖީޑީޕީއާރް) ގެ ދަށުން ކުރެވުނު ފުރަތަމަ ޖޫރިމަނާ އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާފައި ވަނީ 2018 ގަ އެވެ.

އައިރިޝް ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަން (އައިޑީޕީސީ) ބުނީ ޓްވިޓާ އަށް ފިޔަވަޅު އަޅަން ނިންމީ މިދިޔަ އަހަރު ޕްރައިވެޓް ޓްވީޓްތަކެއް ބަގެއްގެ ސަބަބުން އާންމުވި ނަމަވެސް އެކަމާ ދެކޮޅަށް ޖެކް ޑޯޒީގެ ޓްވިޓާ އިން ވަގުތުން ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާތީ އެވެ.

މި މައްސަލާގައި ޓްވިޓާގެ ޗީފް ޕްރައިވެސީ އޮފިސަރު/ގްލޯބަލް ޑޭޓާ ޕްރޮޓެކްޝަން އޮފިސަރު ޑެމިއެން ކީރެން ވިދާޅުވީ އަޔަލެންޑްގައި ދިމާވި މައްސަލަ އަށް ޓްވިޓާ އިން ޒިންމާ ނަގާ ކަމަށާއި އެ ގޯހަށް މާފަށް އެދޭ ކަމަށެވެ.

"މި ކަމާ ގުޅިގެން އަހަރެމެން ވާނީ އައިޑީޕީސީން ކުރިއަށް ގެންދިޔަ ތަހުގީގަށް އެއްބާރުލުންދީ ވަރަށް ގާތުން އެކީގައި މަސައްކަތްކޮށް، މިކަން ހިނގައި ދިޔަ ގޮތް ބަލާފައި،" އޭނާ ވިދާޅުވި އެވެ.

ޑެމިއެން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލައެއް ތަކުރާރު ނުވާނެ ގޮތަށް ޓްވިޓާގެ ކަންކަން ބައްޓަން ކުރާނެ އެވެ، އަދި އެ ޕްލެޓްފޯމަކީ އަބަދު ވެސް ދެފުށްފެންނަ ގޮތަށް މަސައްކަތްކުރާނެ އިތުބާރު ދަމަހައްޓާ އެއްޗަކަށް ހަދާނެ ކަމަށް ވިދާޅުވި އެވެ.