ކޮވިޑް-19 އަށް މާލެ އިން ޕޮޒިޓިވްވީ 7 މީހުން، ޖުމްލަ 11
ކޮވިޑް-19 އަށް މާލެ އިން ޕޮޒިޓިވްވީ 7 މީހުން، ޖުމްލަ 11

މިދިޔަ 24 ގަޑި އިރު ތެރޭގައި ކޮވިޑް-19 އަށް މާލެ ސަރަހައްދުން ހަތް މީހުން ޕޮޒިޓިވްވި އިރު މުޅި ރާއްޖޭން ޕޮޒިޓިވްވީ ޖުމްލަ 11 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އެ އިދާރާ އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް 1،854 ސާމްޕަލް ކޮވިޑަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ އެކު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13،379 އަށް ވަނީ އަރައިފަ ޢެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވި ހަތް މީހުންގެ އިތުރުން ރަށަކުން އެކަކާއި ރިސޯޓުތަކުން ތިން މީހުން ޕޮޒިޓިވްވި ކަމަށް ވެސް އެ އޭޖެންސީން ބުންޏެވެ.

މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 593 މީހުންނެވެ. އޭގެ ތެރެއިން 62 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. މި ބަލިން އަލަށް ރަނގަޅުވި 25 މީހުންނާ އެކު، ރަނގަޅުވި ޖުމްލަ އަދަދު 12،731 އަށް ވަނީ އަރައިފަ އެެވެ.

ކޮވިޑް ޖެހުނު 48 މީހަކު މިހާތަނަށް މަރުވެފައިވެ އެވެ.

އާންމުކޮށް ކޮވިޑް-19 އަށް މިހާރު ޕޮޒިޓިވްވާ އަދަދު އުޅެނީ ދުވާލަކު 50 އަށް ވުރެ ދަށުގަ އެވެ.