ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 20 މީހުން
ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 20 މީހުން

ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވީ 20 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިރޭ ބުނެފި އެވެ.

އެޗްޕީއޭން މިރޭ އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަޔަކުން މިއަދު ހަވީރު ހައެއް ޖެހުމާ ހަމައަށް މާލޭ ސަރަހައްދުން ކޮވިޑް ޖެހުނީ 15 މީހުންނަށެވެ. އަދި މީހުން ދިރިއުޅޭ ދެ ރަށަކުންނާއި ދެ ރިސޯޓަކުންނާއި ރާއްޖޭން ބޭރުން އައި މީހެއްގެ ގައިން ބަލި ފެނިފައިވާ ކަމަށް އެތަނުން ބުންޏެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި، 2،035 ސާމްޕަލް ޓެސްޓުކޮށްފައިވާއިރު، ބަލި ޖެހުނު މީހުންގެ އަދަދު 20އަށް އެރުމަކީ ނިސްބަތުން ވަރަށް ދަށް އަދަދެކެވެ. އެކަމަކު ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ބަލި ޖެހޭ މީހުންގެ އަދަދު މިހާރު އަންނަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ.

އެޗްޕީއޭން މިރޭ އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބަލި ،މީހުންގެ ގޮތުގައި މިހާރު 607 މީހުން ތިބި އިރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބީ 67 މީހެކެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މާލޭން ފެނުނު މި ބަލީގައި މިހާތަނަށް 48 މީހަކު މަރުވެއްޖެ އެވެ.