13 ޑިސެމްބަރ 2020 - 15:04

ކޮންމެ ހަފްތާއަކު އިނާމެއް ލިބޭ ގޮތަށް ދިމާޓުގެ އިޔާ އެންޑް ސޭލް ފަށައިފި އެވެ.

މި ހާއްސަ ޕްރޮމޯޝަން ކުރިއަށްދަނީ މިމަހުގެ 28 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ކޮންމެ 200ރ.ގެ ވިޔަފާރިއަކަށް 500ރ.ގެ ވައުޗާއެއް ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. މިގޮތަށް ކޮންމެ ހަފްތާ އަކު ވެސް ނަސީބުވެރިއަކު ހޮވާނެ ކަމަށް ދިމާޓުން ބުނެ އެވެ.
ދިމާޓުގެ ހިދުމަތް ރަސްމީކޮށް ފެށީ މިދިޔަ ޖެނުއަރީ މަހުން ފެށިގެންނެވެ. އެހެން ނަމަވެސް މިދިޔަ ކުޑަ މުއްދަތުގެ ތެރޭގައި ވެސް އާންމުންގެ ބޮޑު ތަރުހީބެއް ދިމާޓުގެ ހިދުމަތްތަކަށް އަންނަނީ ލިބެމުންނެވެ. ހާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން ދިމާޓުގެ މަގްބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ދިމާޓުން ގޭތެރެއަށް ބޭނުންވާ ގިނަ ބާވަތްތަކެއްގެ ސާމާނު އެހެން ފިހާރަތަކުން ލިބެން ހުންނަ އަގަށް ވުރެ ހެޔޮކޮށް ގަނެވޭނެ އެވެ. ޑެލިވަރީ ކުރުމުގެ ހިދުމަތް ފުޅާ ދައިރާއެއްގައި ކުރާ ދިމާޓުން އިލެކްޓްރޯނިކް ގިނަ ސާމާނާއި ފޮތް ވެސް ގަނެވޭނެ އެވެ. އަދި ބަދިގެއަށް ބޭނުންވާ ސާމާނާއި ކުޑަކުދިންނަށް ބޭނުންވާ ސާމާނު ވެސް ލިބެ އެވެ.