11 ޑިސެމްބަރ 2020 - 10:39

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި އެސްޓީއޯ އިން ޑިޖިޓަލް ބޭންކިން ދާއިރާ އަށް ވަނުމުގެ މަސައްކަތް ފަށައިފި އެވެ.
އެސްޓީއޯ އިން މިހާރު ވަނީ އެކަން ކުރުމަށްޓަކައި ރާއްޖޭގެ ބޭންކިން ނިޒާމާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ބޭނުމުގައި މާކެޓް ސާވޭއެއް ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ. މި ސާވޭ ކުރަނީ ސީޑީއީ ކޮންސަލްޓެންސީއާ ގުޅިގެންނެވެ.
އެގޮތުން އިއްޔެ އިން ފެށިގެން މި މަހުގެ ނިޔަލަށް ސާވޭ ކުރިއަށްގެންދާނެ އެވެ. ސާވޭ ކުރާނީ އުމުރުން 20 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންގެ މެދުގަ އެވެ. އަދި ސާވޭ އަށް ހޮވޭ މީހުން ފުރިހަމަ މައުލޫމާތު ދިނުމަށް އެސްޓީއޯ އިން ވަނީ އެދިފަ އެވެ.
މިގޮތަށް ކުރާ ސާވޭގައި އެއްވެސް މީހެއްގެ ބޭންކް އެކައުންޓާ ގުޅޭ މައުލޫމާތު އޮޅުން ނުފިލުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ސާވޭއާ ގުޅޭ އިތުރު މައުލޫމާތު ސީޑީއީ ކޮންސަލްޓެންސީގެ ކޯލް ސެންޓަރު ނަންބަރު 1422 ނުވަތަ 3312514 އަށް ގުޅައިގެން ސާފު ކުރެވޭނެ އެވެ.
އެސްޓީއޯ އިން ޑިޖިޓަލް ބޭންކިން ދާއިރާ އަށް ވަންނަން މަސައްކަތްކުރާ އިރު ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކަކީ ސަރުކާރު ހިއްސާވާ ބޭންކް އޮފް މޯލްޑިވްސް އެވެ.