ކޮވިޑް-19 އަށް މިއަދު 34 މީހަކު ޕޮޒިޓިވްވެއްޖެ
ކޮވިޑް-19 އަށް މިއަދު 34 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 34 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 15 މީހުން ކަމަށާއި ބާކީ ތިބީ އަތޮޅު ތެރޭގެ ރަށްރަށާއި ރިސޯޓްތަކުން ޕޮޒިޓިވްވި މީހުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެހެންވެ، ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 13،300 އަށް ވަނީ އަރައިފަ އެވެ. އެކަމަކު 12،600 އަށް ވުރެ ގިނަ މީހުން އެ ބަލިން ރަނގަޅު ވެފައިވާތީ މިވަގުތު ފަރުވާ ދެނީ 633 މީހަކަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އޭގެ ތެރެއިން 66 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 47 މީހަކު ވަނީ މަރުވެފަ އެވެ.