10 ޑިސެމްބަރ 2020 - 18:57

ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބު (ސަސްޕަޓީސް) ގެ ކޯ-ސްޕޮންސަރަކަށް އެލްބިއަން ހަމަޖައްސައިފި އެވެ.

ސަސްޕަޓީސް އަކީ މުޅިން އަލަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ ފުޓްބޯލް ކްލަބެކެވެ.
ސަސް އެންމެ ފުރަތަމަ ތިން ވަނަ ޑިވިޝަނުގައި ކުޅުނީ 2016 ގަ އެވެ. އޭގެ ފަހުން އައި ދެ އަހަރުގައި ވެސް 2017 އާއި 2018 ގައި ވެސް އެ ޓީމު ވާދަކުރީ ތިން ވަނަ ޑިވިޝަނުގަ އެވެ. އެ ޓީމު 2018 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅުނެވެ.
ލީގުގައި ސަސް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ބައްދަލު ކުރާނީ އީގަލްސްއާ އެވެ
މި ކްލަބްގެ ސްރޮންސަރަކަށް އެލްބިއަން ވީ އިރު އެއީ ހާޑްވެއާ ސާމާނު ވިއްކުމުގައި ރާއްޖޭގައި ނަން މަޝްހޫރު ފިހާރަ އެވެ.