10 ޑިސެމްބަރ 2020 - 14:44

ކޮވިޑް-19 އާ ގުޅިގެން ދިމާވި އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށްޓަކައި މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިއަދު ފާހަގަކުރާ 40 ވަނަ މަސްވެރިންގެ ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި މަސްވެރިންނާއި ފަޅުވެރިންނާއި އޮޑިވެރިންނާއި މަސްވެރި އާއިލާތަކާއި މި ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ އެންމެންނަށް ތަހުނިޔާ ވިދާޅުވި އެވެ.
މި ހިތާބުގައި އެ މަނިކުފާނު ވިދާޅުވީ މަސްވެރިކަމަކީ ރާއްޖޭގައި އެންމެ ފުޅާ އިގްތިސާދީ ވަސީލަތަށް ހަދަން ޖެހިއްޖެ ކަމަށެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވާން އިގްތިސާދީ ހަރަކާތްތައް ހުއްޓުނު ދުވަސްވަރު ވެސް މަސްވެރިކަން އެއްކޮށް ނުހުއްޓޭ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ޑައިވަސިފައި ޖެހޭ ކަމަށާއި އެކަމުގެ ތެރޭގައި މަސްވެރިކަމުގެ އުފެއްދުންތައް ފުޅާކުރުން ހިމެނޭ ކަމަށެވެ.
މި ދާއިރާ އިތުރަށް ފުޅާކުރަން އަންނަ އަހަރުގެ ތެރޭގައި ކުރަން ނިންމާފައިވާ މަސައްކަތުގެ ތެރޭގައި މަސް ގަންނަ އިތުރު ފެސިލިޓީއެއް ގާއިމްކުރުމާއި ހަތް އައިސް ޕްލާންޓެއް ހެދުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މެރިކަލްޗާގެ ޒަރިއްޔާ އިން ވެސް މި ދާއިރާ ފުޅާކުރަން ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.