މަސްވެރިންގެ ދުވަހު މަސްވެރިންގެ އޮތީ ޝަކުވާ
މަސްވެރިންގެ ދުވަހު މަސްވެރިންގެ އޮތީ ޝަކުވާ

މިއަދު ރާއްޖޭގެ މަސްވެރިންގެ ދުވަސް ފާހަގަކުރާ އިރު، މަސްވެރިންގެ ގިނަ ބައެއްގެ ހިތުގައި އޮތީ ހުސް ޝަކުވާ އެވެ. އެއް ބަޔަކު ބުނާ ގޮތުން، "ރާއްޖޭގެ ލޭ ނާރު" ކަމަށް ސިފަކޮށްފައި އޮތް ސިނާއަތް މިއަދު އޮތީ "ލޭ ނެތް ނާރަކަށް ވެފަ" އެވެ. "ހަމަ އަގު" ނުލިބުމުން ފެށިގެން، މަސް ކިރުމުގައި ހުރި ދަތިތަކާ ހަމައަށް، ބައެއް މަސްވެރިންގެ އޮތީ ކަންބޮޑުވުމެވެ.

މަސްވެރިންގެ ދުވަހު މަސްވެރިންގެ އޮތީ ޝަކުވާ
މަސްވެރިންގެ ދުވަހު މަސްވެރިންގެ އޮތީ ޝަކުވާ

"މިހާރު"އާ ވާހަކަދެއްކި ރ. އިނގުރައިދޫ "މާދޫނި" ދޯނީގެ މަސްވެރިއެއް ކަމަށް ވާ މުހައްމަދު އަލިމަނިކު ބުނީ މަސްވެރިކަމުގެ ހަމަ އަގު ހޯދަން ކުރާ މަސައްކަތް އަދިވެސް ކާމިޔާބު ނުވާ ކަމަށެވެ.

މަސްވެރިންގެ ދުވަހު މަސްވެރިންގެ އޮތީ ޝަކުވާ
މަސްވެރިންގެ ދުވަހު މަސްވެރިންގެ އޮތީ ޝަކުވާ

މަސް ކިލޯއެއް މިދުވަސްވަރު އުޅެނީ 35ރ. އާއި 25ރ. އަށެވެ. އޭނާ ބުނި ގޮތުގައި އެ ވަރަށް އަގު ވެއްޓުމުން، މަސްވެރިންނަށް ގެއަށް ގެންދަން ލިބެނީ ގާތްގަނޑަކަށް 1،500 ރުފިޔާ އެވެ.

މަސްވެރިންގެ ދުވަހު މަސްވެރިންގެ އޮތީ ޝަކުވާ
މަސްވެރިންގެ ދުވަހު މަސްވެރިންގެ އޮތީ ޝަކުވާ

"އަޅުގަނޑުމެންނަކީ ކުރިން ދިވެހިންގެ ލޭ ނާރު. މިހާރު މީ ލޭ ނެތް ނާރު،" ހިތްހަމަނުޖެހުންތަކާ އެކު، މުހައްމަދު ބުންޏެވެ.

އޭނާ ގަބޫލުކުރަނީ މަސްވެރިން ކުރާ މަސައްކަތުގެ ބޮޑު ފައިދާ ނަގަނީ މަަސް ގަންނަ ވިޔަފާރިވެރިން ކަމަށެވެ.

"މަސްވެރިންނަށް ލިބެނީ އެއް ޕަސެންޓް،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަސްވެރިން ކަނޑުމަތީގައި ބުރަކޮށް އުޅެ، މަސް ބާނައިގެން ވިއްކަން ދާއިރު "އަގަކީ ފަސް ރުފިޔާއޭ ބުންޏަސް ކުރެވޭނެ ކަމެއް ނެތެ"ވެ.

"އެހާ ކުޑަ އަގެއްގައި މަސް ވިއްކާ ނަމަ ދާއިރާއަށް ދިވެހިންނެއް ނުނިކުންނާނެ،" ދިވެހި މަސްވެރިކަމުގައި ގިނަ ޒުވާނުންތަކެއް މިހާރު ބައިވެރިވަމުން އަޔަސް، ކުރިމަގު ގެއްލިދާނެކަމަށް އިޝާރަތްކަމުން، މުހައްމަދު ބުންޏެވެ.

ދ. ބަނޑިދޫގެ ދޯންޏަކަށް ނިސްބަތްވާ އީސާ އަބްދުﷲ ބުނާ ގޮތުގައި "ހަމަ އަގު" ދޭނެ ކަމަށް ބުނެ ސަރުކާރުން ވީ ދޮގު ވައުދެކެވެ. މަސްވެރިންނަށް ރަނގަޅު ގޮތް ހަދައިނުދެންޏާ، ކުރިއަށް އޮތް ތަނުގައި ވޯޓު ނުދޭނެ ކަމަށް ވެސް، އީސަ ބުންޏެވެ.

"ސަރުކާރުން ވީ ވައުދު ތެދުކުރަން ޖެހޭ. އަޅުގަނޑުމެން ވޯޓު ދިނީ މަސްވެރިންގެ ހައްގުތައް ހޯދައިދޭނެ ކަމަށް ބުނުމުން،" އީސަ ބުންޏެވެ.

ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ އިގުތިސާދަށް އައި ކުއްލި އަދި ބޮޑު ހުއްޓުމުގެ ނުބައި އަސަރު ރާއްޖޭގެ މަސްވެރިކަމަށް ވެސް ދަނީ ކުރަމުންނެވެ. މަސް އެކްސްޕޯޓްކުރާ ވިިޔަފާރިވެރިންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. ނަމަވެސް މަސްވެރިން އެވާހަކަ ގަބޫލެއް ނުކުރެ އެވެ. ބައެއް މަސްވެރިންގެ ނަޒަރުގައި މިހާރަށް ވުރެ މާ ރަނގަޅު އަގެއް، މަސްވެރިންނަށް ލިބެން ޖެހެ އެވެ.

އީސަ ދެކޭ ގޮތުގައި މިހާރު މަސްވެރިންގެ އާއިލާތައް ތިބީ "އެއް ފަހަރު ކައިފިއްޔާ އަނެއް ފަހަރު ނުކައި ހާލަތެއްގަ" އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވެސް ފާޅުކުރީ ކަންބޮޑުވުންތަކެވެ.

"ބާނާ މަސްކޮޅު ނުކިރުމާއި ކިރަން އެތައް ދުވަހެއް ނެގުމާއި ކުރާ ބުރަ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުލިބުމާއި، ތަކެތީގެ އަގު ބޮޑުވުމާއި މި ސިނާއަތް މަދު ބައެއްގެ އަތް ދަށުވުމާއި އޮތުމަކީ،" އެ ޔޫނިއަންގެ ޝަކުވާ އެވެ.