އައްޑޫ ފްލެޓްތަކުގެ މަސައްކަތް ނިމުމަކާ ހަމައަށް، ގުރުލުން މި މަހު ބާއްވަނީ
އައްޑޫ ފްލެޓްތަކުގެ މަސައްކަތް ނިމުމަކާ ހަމައަށް، ގުރުލުން މި މަހު ބާއްވަނީ

އައްޑޫގައި މިހާރު އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ގާތްގަނކަށް ނިމިފައިވާ ކަމަށާއި ފްލެޓްތަކަށް އެދި ކުރިމަތިލި މީހުންގެ މެދުގައި މި މަހުގެ ތެރޭގައި ގުރުއަތުލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އައްޑޫ ފްލެޓްތަކުގެ މަސައްކަތް ނިމުމަކާ ހަމައަށް، ގުރުލުން މި މަހު ބާއްވަނީ
އައްޑޫ ފްލެޓްތަކުގެ މަސައްކަތް ނިމުމަކާ ހަމައަށް، ގުރުލުން މި މަހު ބާއްވަނީ

ހިތަދު އާއި ހުޅުމީދޫގައި އިމާރާތް ކުރާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކަށް ކުރިމަތިލާން މިދިޔަ ޖޫން މަހުގެ ތެރޭގައި ހުޅުވާލައި، މުއްދަތު ހަމަވި އިރު 585 މީހަކު ފޯމް ހުށަހަޅާފައިވެ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފޯމްތަކުގެ އިވެލުއޭޝަން ކުރިއަށްދާ ކަމަށާއި މި މަހުގެ ތެރޭގައި ގުރުލުން ބާއްވާނެ ކަމަށެވެ.

އެހެން ނަމަވެސް ގުރުލުން ބާއްވާނެ ތާރީހެއް އަދި ނުނިންމަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ އަމާޒަކީ ފްލެޓްތަކަށް ހޮވޭ މީހުންނާ މި މަހު ތަޅުދަނޑި ހަވާލުކޮށް، އެތަންތަނުގައި ދިރިއުޅެވެން ފެށުން ކަމަށެވެ.

ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ހިތަދޫގައި 264 ފްލެޓް އަދި ހުޅުމީދޫގައި 48 ފްލެޓް ހަދަ އެވެ.

ފްލެޓްތަކަށް އެދި ފުރުސަތު ހުޅުވާލީ، ހިތަދޫގައި ހެދި ފްލެޓަތަކަށް އައްޑޫގެ ގުޅިފައިވާ އެހެން އަވަށްތަކުގެ ރައްޔިތުންނަށް ވެެސް ކުރިމަތިލެވޭ ގޮތަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 25،000ރ. ދައްކަން ޖެހޭނެ ކަމަށާއި މަހު ކުލީގެ ގޮތުގައި 3،000 ދައްކަން ޖެހޭނެ ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި ވެސް އައްޑޫގައި ހައުސިން ޔުނިޓްތަކެއް އަޅައި، އެތަންތަނުގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.

ފޭދޫގެ ދެ ދިމާލެއްގައި އެ ފަހަރު 25 ހައުސިން ޔުނިޓް އަޅާފައިވެ އެވެ.