އެސްއެމްއީތަކަށް ދޭ ކޮވިޑް ރިލީފް ލޯނަށް ކުރިމަތިލާން ބީއެމްއެލް އިން ހުޅުވާލައިިފި
އެސްއެމްއީތަކަށް ދޭ ކޮވިޑް ރިލީފް ލޯނަށް ކުރިމަތިލާން ބީއެމްއެލް އިން ހުޅުވާލައިިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން "އީއައިބީ ރިލީފް ފަންޑް" އަށް ކުރިމަތިލާން ބޭންކް އޮފް މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.

މިއީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ފަންޑުން ސަރުކާރު މެދުވެރިވެގެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޭ ލޯނެކެވެ. ކޮވިޑް ރިލީފްގެ މި ފަންޑު މެދުވެރިކޮށް 15.42 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނަށް އެދެވޭނެ އެވެ.

މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގަ އެވެ. އަދި ލޯނު އަނބުރާދެއްކުމަށް ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއް ލިބޭނެ އެވެ.

ލޯނަށް އެދި ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށެވެ. ލޯނަށް އެދި ހުށަހަޅާ ފޯމާއި އިތުރު ލިޔުންތައް ފޮނުވާނީ[email protected]އަށެވެ.

މީގެ ކުރިން ވެސް ބޭންކުން ވަނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި އެހެން ވިޔަފާރިތަކަށް ރިލީފް ލޯނު ދޫކޮށްފަ އެވެ. މިހާތަނަށް 555 މިލިއަން ރުފިޔާ އާއި އަށް މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ.