އަހަރު ނިމުމާ ދިމާކޮށް މޫލީގައި ޑިޖިޓަލް ކާނިވަލެއް، ބޮޑެތި ޑިސްކައުންޓް ލިބޭނެ
އަހަރު ނިމުމާ ދިމާކޮށް މޫލީގައި ޑިޖިޓަލް ކާނިވަލެއް، ބޮޑެތި ޑިސްކައުންޓް ލިބޭނެ

އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީން އަހަރީ ބަންދާ ދިމާކޮށް "މޫލީ އިޔާ އެންޑް ކާނިވަލް 2020" ގެ ނަމުގައި ޑިޖިޓަލް ކާނިވަލެެއް ހުޅުވާލައިފި އެވެ.

މި ކާނިވަލްގައި އެ ޕްލެޓްފޯމްގައި ތަކެތި ވިއްކާ 10 ފަރާތެއްގެ ތަކެތިން 50 ފަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. ޑިސްކައުންޓްގެ އިތުރުން ކޮންމެ ދުވަހަކު، ކޮންމެ ހަފުތާއަކު އަދި ކާނިވަލުގެ މުއްދަތުގައި ވިޔަފާރިކުރާ މީހުންގެ ތެރެއިން، ނަސީބުވެރި ފަރާތްތަކަށް އަގުހުރި އެތައް އިނާމެއް ލިބޭނެ އެވެ.

މޫލީ އިޔާ އެންޑް ކާނިވަލަށް ހާއްސަ ސެކްޝަނެއް މޫލީގައި ހުޅުވާފައިވެ އެވެ. ސްމާޓް ފޯނާއި ގޭތެރޭގެ ހިފާގެންގުޅޭ ސާމާނާއި ކޮސްމެޓިކްސް އަދި ކުޑަކުދިންނަށް ހާއްސަ ވާހަކަފޮތުގެ އިތުރުން އެކި އުމުރުފުރައިގެ މީހުންނާ ގުޅޭ ތަފާތު ތަކެތި މި ކާނިވަލުން ލިބޭނެ އެވެ.

މޫލީން ގަންނަ ތަކެތި އުރީދޫ ކަސްޓަމަރުންނަށް މާލޭގެ ކޮންމެ ހިސާބަކަށް ޑެލިވަރީކޮށްދޭނެ އެވެ.

ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމުތައް މޫލީގައި މިހާރު ލިސްޓްކޮށްފައިވާ 13 ބްރޭންޑަކުން ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ކުއިކާ ބިޒް، އައިޓީ ވޯލްޑް، ބްރޭންޑް ލޫމް، ލިންކްސާވް، ފޯމެކްސް އަދި އެހެން ބްރޭންޑްތައް ވެސް ހިމެނެ އެވެ.

ކޮންމެ ނެޓްވޯކެއް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް މިކާނިވަލުން ތަކެތި ގަނެވޭނެ އެވެ. މީގެ އިތުރުން ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް، ކޮންމެވެސް އެއް ޕްރޮޑަކްޓަކާ އެކު އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް އެބަ އޮތެވެ. އިނާމު ހިމަނާފައިވާ ޕްރޮޑަކްޓެއްގެ ގޮތުގައި، ކޮންމެ ދުވަހަކު ވެސް އެއް ކެޓަގަރީއެއްގެ ޕްރޮޑަކްޓްއެއްގެ އަގުގެ ތިރީގައި "ފްރީ ގިފްޓް އިންކްލޫޑަޑް" ޖަހާފައިވާނެ އެވެ.

އުރީދޫން ބުނީ މޫލީގެ ޕާޓްނަރުންނާ އެކު މޫލީ ޓީމުން މަސައްކަތްކުރަމުން އަންނަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކަމަށެވެ.