07 ޑިސެމްބަރ 2020 - 07:52

ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޑު ޑައި" އަށް އަދި ދިގު އިންތިޒާރެއް ކުރަން އެބަ ޖެހެ އެވެ. އެހެންވެ މި ވަގުތަށް އެޕްރީލް 2، 2021 އަށް ކައުންޓްޑައުން ފަށާފައި މި ސީރީޒްގެ ކުރީގެ ފިލްމުތަކެއް ހިލޭ ބަލައިލަން ހިނގާށެވެ.
އެ ފުރުސަތު މިއޮތީ ދެ ޕްލެޓްފޯމަކުން ފަހިކޮށް ދީފަ އެވެ. އެކައްޗަކީ އަހަރެމެން އެންމެން ބޭނުންކުރާ ޔޫޓިއުބެވެ. އަނެއް ޕްލެޓްފޯމަކީ ޕީކޮކެވެ.
މި ދެ ޕްލެޓްފޯމުން ވެސް ޖޭމްސް ބޮންޑްގެ ގިނަ ފިލްމުތަކެއް މިހާރު ހިލޭ ބަލައިވޭނެ އެވެ. ބެލެން ނެތް ދެ ފިލްމަކީ ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލުން މިހާތަނަށް ފެނުނު ހަތަރު ފިލްމުގެ ތެރެއިން 2012 ގެ "ސްކައިފޯލް" އާއި 2015 ގެ "ސްޕެކްޓާ" އެވެ. އަންނަ އަހަރު ގެނެސްދޭ "ނޯ ޓައިމް ޓު ޑައި" އަކީ އޭނާ ބޮންޑްގެ ރޯލުން ފެންނާނެ ފަހު ފިލްމު އަދި ފަސް ވަނަ ފިލްމެވެ.
ޔޫޓިއުބުން ބޮންޑް ސީރީޒްގެ 20 ފިލްމެއް ހިލޭ ބަލައިލެވޭނެ އެވެ. އޭގެ ތެރޭގައި ބޮޑު ސްކްރީނަށް ބޮންޑް ތައާރަފުވި 1962 ގެ "ޑރ. ނޯ" އާއި "ފްރޮމް ރަޝިއާ ވިތު ލަވް"، "ގޯލްޑްފިންގާ"، "ތަންޑަބޯލް"، "ޔޫ އޮންލީ ލިވް ޓްވައިސް"، "އޮން ހަ މެޖެސްޓީޒް ސީކްރެޓް ސާވިސް"، "ޑައިމަންޑްސް އާ ފޯއެވާ"، "ނެވަ ސޭ ނެވަ އެގެއިން"، "ލިވް އެންޑް ލެޓް ޑައި"، "ދަ މޭން ވިތު ދަ ގޯލްޑެން ގަން"، "ދަ ސްޕައި ހޫ ލަވްޑް މީ"، "މޫންރެކާ"، "ފޯ ޔޯ އައިޒް އޮންލީ"، "އޮކްޓަޕަސީ"، "އަ ވިއު ޓު އަ ކިލް"، "ދަ ލިވިން ޑޭ ލައިޓްސް"، "ލައިސަންސް ޓު ކިލް"، "ގޯލްޑެން އައި"، "ޓުމޯރޯ ނެވަ ޑައިސް" އަދި "ދަ ވޯލްޑް އިޒް ނޮޓް އިނަފް" އެވެ.
ޕީކޮކުން ބެލެން އޮތީ 12 ފިލްމެކެވެ. އޭގެ ތެރޭގައި ހިމެނެނީ "ފްރޮމް ރަޝިއާ ވިތު ލަވް"، "ގޯލްޑްފިންގާ"، "ޔޫ އޮންލައި ލިވް ޓުވައިސް"، "ޑައިމަންޑްސް އާ ފޯއެވާ"، "ދަ މޭން ވިތު ދަ ގޯލްޑެން ގަން"، "އޮކްޓޮޕަސީ"، "ލައިސަންސް ޓު ކިލް"، "ގޯލްޑެން އައި"، "ޓުމޯރޯ ނެވަ ޑައިސް" އަދި "ދަ ވޯލްޑް އިޒް ނޮޓް އިނަފް"، "ކެސިނޯ ރޯޔޭލް" އަދި "ކުއަމްޓަމް އޮފް ސޮލޭސް" އެވެ.
ޔޫޓިއުބާއި ޕީކޮކުން ޖޭމްސްގެ ބޮންޑްގެ ފިލްމުތައް ހިލޭ ބަލަން ފުރުސަތު ދިން ނަމަވެސް މި ފުރުސަތު ދެމިއޮންނާނީ ކިހާ ދުވަހަކަށް ކަމެއް ހާމައެއް ނުކުރެ އެވެ. ދެ ފްލެޓްފޯމުން ވެސް ފިލްމުތައް ބަލައިލެވޭނީ އިޝްތިހާރާތުތަކާ އެކީގަ އެވެ.