06 ޑިސެމްބަރ 2020 - 12:07

ތުރުކީން ފުރައިގެން އޮސްޓްރޭލިއާ އަށް ދަތުރުކުރި ބޭރު އާގުބޯޓެއްގައި އޮތް ބަލި މީހަކު އެމްއެންޑީފުގެ އެހީގައި ލ. ގަމަށް ގެންގޮސްދީފި އެވެ.

އެމްއެންޑީއެފުން ބުނީ އެހީތެރިކަން ފޯރުކޮށްދިނީ ރާއްޖޭގެ ހުޅަނގުން 150 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ ލައިިވް ސްޓޮކް އުފުލާ ބޯޓަކަށް ކަމަށެވެ. ސިއްހީ އަވަސް ފަރުވާ ބޭނުންވީ "މޭސޯރާ" ކިޔާ އެ ބޯޓުގައި މަސައްކަތްކުރާ ފިލިޕިންސް ފަޅުވެރިއަކަށް ކަމަށާއި އެހީ އަށް އެދި ރާއްޖެ އަށް އެންގީ އިއްޔެ ހަވީރު 5:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ކަމާ ބެހޭ އިދާރާތަކުގެ ހުއްދައާ އެކު ލ. ގަމުގެ ހުޅަނގު ދެކުނުން ތިރީސް ނޯޓިކަލް މޭލަށް ބޯޓު ކައިރިކޮށް އެމްއެންޑީއެފްގެ އެހީއާ އެކު ބަލި މީހާ ގަމަށް ގެންދިޔައީ މިއަދު ހެނދުނު 8:30 ގަ އެވެ.