05 ޑިސެމްބަރ 2020 - 22:14

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް އާ މެމްބަރުން މިއަދު އިންތިހާބުކޮށްފި އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުންގެ ދައުރު ހަމަވާތީ އާ މެމްބަރުން ހޮވަން މިއަދު ބޭއްވި އިންތިހާބުގައި 187 މީޑިއާއަކުން ވޯޓުލި އެވެ. މީޑިއާތަކުން ހަތް މެމްބަރުން އަދި އާއްމުންގެ ތެރެއިން ހަ މެމްބަރުން ތިބޭ އެ ކައުންސިލަށް މީޑިއާތަކުން 15 ފަރާތަކުން ކުރިމަތިލި އެވެ.
1- އަލީ ހުސައިން (ޕީއެސްއެމް) 152 ވޯޓު
2- މުއިއްޒު އިބްރާހީމް (މިހާރު) 99 ވޯޓު
3- އާދަމް ނަވާޒްް (ވަގުތު އޮންލައިން) 92 ވޯޓު
4- ހަސަން ޝާކިރު މުހައްމަދު ( އަސްދަނޑި) 88 ވޯޓު
5- އާދަމް ނަޒީރު (ހަތާވީސް އޮންލައިން) 97 ވޯޓު
6- ސަހުބާން ފަހުމީ (ސަންގުޓީވީ) 94 ވޯޓު
7- ހުސައިން ސަގީފް (ތިލަދުން) 97 ވޯޓު
އެމްއެމްސީ އަށް މީޑިއާތަކުން ކުރިމަތިލީ ފަރާތްތަކުގެ އިތުރުން އާއްމުންގެ ތެރެއިން ހޮވާ ހަ މެމްބަރުން ތިބޭ އިރު އެ ކަމަށް ޖުމްލަ 14 ފަރާތަކުން ކުރިމަތިލި އެވެ.
1- ފާތިމަތު އަހުމަދު 142
2- އަންވަރު އިބްރާހިމް 112 ވޯޓު
3- އިބްރާހިމް ފައުޒީ 99 ވޯޓު
4- އަހުމަދު މޫސާ 90 ވޯޓު
5- ޝަފާއަތު ހަބީބު 83 ވޯޓު
6- މުހައްމަދު ޝަފާއު 82 ވޯޓު