ކިއާރާ އަށް އަންހެނުންގެ ބާރުވެރިކަމާ ބެހޭ ފިލްމެއް
ކިއާރާ އަށް އަންހެނުންގެ ބާރުވެރިކަމާ ބެހޭ ފިލްމެއް

އަންހެނުންގެ ބާރުވެރިކަމުގެ މައްޗަށް ޑައިރެކްޓަރު އަޝުތޯޝް ގޮރަވިކާ ޕްރޮޑިއުސްކުރާ ފިލްމަކަށް، ބޮލީވުޑްގައި މިހާރު ޑިމާންޑް ބޮޑުވަމުން އަންނަ ޒުވާން ބަތަލާ ކިއާރާ އަދުވާނީ ސޮއިކޮށްފި އެވެ.

ކިއާރާ އަށް އަންހެނުންގެ ބާރުވެރިކަމާ ބެހޭ ފިލްމެއް
ކިއާރާ އަށް އަންހެނުންގެ ބާރުވެރިކަމާ ބެހޭ ފިލްމެއް

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމަކީ މިދިޔަ އަހަރު "ޕާނިޕަތު" ގެނެސްދިން އަޝުތޯޝްގެ އަމިއްލަ ފިލްމު ކުންފުނި އަޝުތޯޝް ގޮވަރިކާ ޕްރޮޑަކްޝަނުން "ކައްރަމް ކުއްރަމް" ގެ ނަމުގައި ހަދާ ފިލްމެކެވެ. މީގެ ޑައިރެކްޓަރުންނަކީ "ލަގާން" އާއި "ޖޯދާ އަކްބަރު" އަދި "ސްވަދޭސް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރާ އެކު ކުރިން އެސިސްޓަންޓް ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ އަންކުޝް މޯލާ އާއި ގްލެން ބަރެޓޯ އެވެ.

"ކައްރަމް ކުއްރަމް" ގައި ކިޔައިދޭނީ ހަތް އަންހެނަކުވެގެން ކޯޕަރޭޓިވެއްގެ ގޮތުގައި ފެށި ކާމިޔާބު ވިޔަފާރިއެއް ކަމަށްވާ ޝްރީ މަހިލާ ގްރިލާ އުދިއޯގް ލިއްޖަތި ޕާޕަޅް ނުވަތަ މަޝްހޫރު ނަމުން ނަމަ ލިއްޖަތުގެ ވާހަކަ އެވެ. އާންމު ދިރިއުޅުމަށް ބޭނުންވާ އެތައް މުދަލެއް އުފައްދައިގެން ކާމިޔާބު އަންހެން ވިޔަފާރިއެއްގެ ގޮތުގައި މަޝްހޫރުވި ލިއްޖަތަކީ 1959 ގައި ފެށި ވިޔަފާރިއެވެ.

އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މިހާރު 43،000 އަށް އަރަ އެވެ.

"ކުއްރަމް ކައްރަމް" އަށް ކިއާރާ ސޮއިކުރި އިރު، އޭނާ މި ވަގުތު އަންނަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ރާޖް މެހެތާ ހަދާ ރޮމޭންޓިކް ކޮމެޑީ "ޖުގްޖުގް ޖިއޯ" ގެ މަސައްކަތް ކުރަމުންނެވެ.

ކިއާރާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 11 ގައި ގެނެސްދޭ "އިންދޫ ކީ ޖަވާނީ" އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި އަކްޝޭ ކުމާރުގެ ހޮރޯ ކޮމެޑީ "ލަކްޝްމީ" އިންނެވެ.

ކިއާރާ، 28، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޝޭރް ޝާހް" އާއި "ބޫލް ބުލައްޔާ 2" ހިމެނެ އެވެ.