02 ޑިސެމްބަރ 2020 - 23:30

ކޮވިޑް-19 އަށް މިއަދު ރާއްޖެއިން 21 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 20 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށެވެ. އެހެންވެ، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13،070 އަށް ވަނީ އަރައިފަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 12،000 އަށް ވުރެ ގިނަ މީހުން އެ ބަލިން ރަނގަޅު ވެފައިވާތީ މިހާރު ފަރުވާ ދެމުން ދަނީ 1،015 މީހަކަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެނީ 91 މީހަކަށެވެ.
ކޮވިޑް-19 ގައި ރާއްޖެއިން ވަނީ 47 މީހަކު މަރުވެފަ އެވެ.