01 ޑިސެމްބަރ 2020 - 22:39

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 38 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭއުން މިރޭ ބުނެފި އެވެ.
ޢެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން 34 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އަދި ރިސޯޓަކުން އެކަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.
ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ. އެކަމަކު ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަދިވެސް ހުރީ އަޅައިފަ އެވެ.