އެސްޓީއޯއަށް އާ ސީއެފްއޯއެއް
އެސްޓީއޯއަށް އާ ސީއެފްއޯއެއް

އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ނިޒާމް ހަމަޖައްސައިފި އެވެ.

އެސްޓީއޯއަށް އާ ސީއެފްއޯއެއް
އެސްޓީއޯއަށް އާ ސީއެފްއޯއެއް

ނިޒާމު މި މަގާމަށް ހަމަޖައްސާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު މިހާދު މިދިޔަ މަހުގެ 30ގައި މަގާމުން އިސްތިއުފާ ދެއްވުމުން ކަމަށް އެސްޓީއޯގެ ސްޕޯކްސްޕާސަން އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.

ނިޒާމަކީ ފައިނޭންސް އަދި އެކައުންޓިން ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާ އެސްޓީއޯގައި މަސައްކަތް ކުރައްވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ސީއެފްއޯގެ މަގާމުގައި ކުރިން ހުންނެވި މިހާދު އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓެންސީ ފާމް ކަމަށްވާ ކޭޕީއެމްޖީގެ ޕާޓްނަރަކަށް ވުމަށެވެ. މިއީ ބައިނަލްއަގުވާމީ ކޮންސަލްޓެންސީ ފާމެއްގެ ޕާޓްނަރެއްގެ ގޮތުގައި ދިވެއްސަކު އައްޔަން ކުރި ފުރަތަމަ ފަހަރެވެ.

މިހާދަކީ ރާއްޖޭގެ ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގެ ސީއެފްއޯގެ މަގާމުގައި ހުންނެވި އެންމެ ޒުވާން ބޭފުޅާ އެވެ. އޭނާ އެސްޓީއޯގެ ސީއެފްއޯގެ މަގާމާ ހަވާލުވީ އުމުރުން 26 އަހަރުގަ އެވެ. މިހާދު ވަނީ އެސްޓީއޯގައި 11 އަހަރު ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.