ޔޫޓިއުބްގައި އިޝްތިހާރުކުރެވޭ އުސޫލަށް އަންނަ އަހަރު ބޮޑު ބަދަލެއް
ޔޫޓިއުބްގައި އިޝްތިހާރުކުރެވޭ އުސޫލަށް އަންނަ އަހަރު ބޮޑު ބަދަލެއް

ޔޫޓިއުބްގައި އިޝްތިހާރުކުރެވޭ އުސޫލަށް އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން ބޮޑު ބަދަލެއް ގެންނަން ނިންމައިފި އެވެ.

މިކަން ހާމަކޮށް ޔޫޓިއުބުން ބުނީ ޔޫޓިއުބް ޗެނެލްތައް ހިންގާ ކްރިއޭޓަރުންނަށް މިހާރު އިޝްތިހާރުތައް ހިމެނުނުގެ ފުރުސަތުން އޮންނަނީ "ޔޫޓިއުބް ޕާޓްނާ ޕްރޮގްރާމް" ގެ ތެރެއިން 1،000 އަށް ވުރެ ގިނަ ސަބްސްކްބައިރުން ހިމެނޭ ޗެނަލްތަކަށް ކަމަށް ވިޔަސް، އަޕްލޯޑްކުރާ ކޮންމެ ކޮންޓެންޓަކާ އެކު އިޝްތިހާރުތައް ހިމެނުމުގެ ފުރުސަތު އާ އުސޫލުގެ ދަށުން އޮންނާނެ ކަމަށެވެ. ވަކި އަދަދަކަށް ސަބްސްކްރައިބަރުން ހަމަކުރާކަށް ނުޖެހޭނެ އެވެ.

ޔޫޓިއުބް ކްރިއޭޓަރުންގެ ބޮޑު އާމްދަނީއެއް ބަރޯސާވަނީ އެ މީހުންނަށް ސްޕޮންސަޝިޕްތަކާއި އިޝްތިހާރުތަކުންނެވެ. އަދި މިއީ ޔޫޓިއުބް ބޭނުންކުރާ އެތައް މިިލިއަން ބަޔަކަށް އާމްދަނީ ލިބޭ ގޮތެކެވެ.

އެކަމަކު މި ފުރުސަތު އާންމުކޮށް މުޅި ދުނިޔެ އަށް ހުޅުވައިލުމުގެ ކުރިން އެންމެ ފުރަތަމަ ޖެނުއަރީގައި ލިބޭނީ އެމެރިކާއަށެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ އާންމުކޮށް މުޅި ދުނިޔެ އަށް ހުޅުވައިލާނެ އެވެ.

ޕާޓްނާ ޕްރޮގްރާމްގެ ދަށުން އިޝްތިހާރުކުރެވޭ އުސޫލަށް ބަދަލު ގެންނަ އިރު، ޔޫޓިއުބުން އަންނަނީ އެ ޕްލެޓްފޯމްގެ ޕްރިމިއަމް ސަބްސްކްރިޕްޝަން ސާވިސް އަށް ވެސް ހިތްވަރު ދެމުންނެވެ. އެއީ އިޝްތިހާރުތައް ނުހިމެނޭ ހިދުމަތެކެވެ.