ރިސޯޓެއް ހަދާ ރަށެއްގައި ބިިދޭސީންތަކެއް ހަމަނުޖެހުން ހިންގައިފި
ރިސޯޓެއް ހަދާ ރަށެއްގައި ބިިދޭސީންތަކެއް ހަމަނުޖެހުން ހިންގައިފި

ރިސޯޓެއް ތަރައްގީ ކުރަމުންދާ ރަށެއްގައި ބިދޭސީންތަކެއް މެދުގައި ހަމަނުޖެހުން ހިންގައިފި އެވެ.

ފުލުހުން ބުނީ ކ. ރަށްފަޅު ހުރާގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަމަނުޖެހުމެއް ހިންގާފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު ހަމަނުޖެހުން ހިންގީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.

މި އަހަރު މެދު ތެރޭގައި ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންތަކަކަށް މުސާރަ ނުދިނުމުން އެކަމާ ދެކޮޅަށް އެ މީހުން ނިކުމެ ބޮޑު ހަމަނުޖެހުމެއް ހިންގައި، އެތަނުގެ ގިނަ މުދަލަށް ގެއްލުން ދިނެވެ. އެ މައްސަލަ ހޫނުވެ، އެ ބިދޭސީން މާލެ ގެނެސް ސަރުކާރުން މިހާރު ދަނީ އެ މީހުން ބަލަހައްޓަމުންނެވެ.