ލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސަ އާއި މާރިޔާ ބައްދަލު ކުރައްވައިފި
ލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސަ އާއި މާރިޔާ ބައްދަލު ކުރައްވައިފި

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި ޑިފެންސް މިނިސްޓަރު މާރިިޔާ އަހުމަދު ދީދީ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރާޖަޕަކްސައާ މާރިޔާ ބައްދަލު ކުރެއްވީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ސްރީލަންކާ އާއި އިންޑިއާ އާއި ރާއްޖެއިން ބާއްވާ މަޝްވަރާތަކުގެ ބައިވެރިވެ ވަޑައިގަތުމަށް ލަންކާއަށް މާރިޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

ރާޖަޕަކްސައާ އެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

ރާޖަޕަކްސަގެ އިތުރުން އިިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޮވާލްއާ ވެސް މާރިިޔާ އިއްޔެ ވަނީ ބައްދަލު ކުރައްވައިފަ އެވެ.

ރާއްޖެ އާއި އިންޑިއާ އަދި ލަންކާގެ މެރިޓައިމް ސެކިއުރިޓީ މަޝްވަރާތައް އަލުން ފެށީ އެ މަޝްވަރާތައް މެދުކެނޑިފައި އޮންނަތާ އަހަރުތަކެއް ފަހުންނެވެ. އެންމެ ފަހުން އެ މަޝްވަރާ ބޭއްވީ 2014 ވަނަ އަހަރު އެވެ. އެކަމަކު ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވާން ފެށުމުން އެ މަޝްވަރާތައް އޮތީ މިހާތަނަށް މެދުކެނޑިފަ އެވެ.