މައިމޫނާގެ މަންމަ ނިޔާވެއްޖެ
މައިމޫނާގެ މަންމަ ނިޔާވެއްޖެ

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި ކުރީގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއުގެ މަންމަ މިއަދު ނިޔާވެއްޖެ އެވެ.

އެކަމަކު މައިމޫނާގެ މަންމަ ހއ. އިހަވަންދޫ ވައިޖެހޭގޭ ޖަމީލާ ހުސައިިން މިއަދު ހެނދުނު ނިޔާވީ ކޮވިޑް-19 ޖެހިގެނެއް ނޫނެވެ.

އުމުރުން 82 އަހަރުގެ ޖަމީލާ ބަލިވެއުޅުއްވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

އޭނާ ނިޔާވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އާއިލާ އަށް ތައުޒިޔާ ދަންނަވައިފަ އެވެ.