ކޮވިޑް-19: އިތުރު 35 މީހަކު ޕޮޒިޓިވްވެއްޖެ
ކޮވިޑް-19: އިތުރު 35 މީހަކު ޕޮޒިޓިވްވެއްޖެ

ވޭތުވެ ދިޔަ 24 ގަޑި އިރު ތެރޭގައި އިތުރު 35 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން 28 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރަށްރަށުން ތިން މީހަކު ޕޮޒިޓިވްވެފައިވާ އިރު ރިސޯޓުތަކުން ޕޮޒިޓިވްވެފައި ވަނީ ހަތަރު މީހުން ކަމަށެވެ.

ކޮވިޑަށް މިއަދު ޕޮޒިޓިވްވި މީހުންނާއިި އެކު މިހާތަނަށް ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 12،889 އަށް އެރީ އެެވެ. މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 1،119 މީހަކު މިހާރު ފަރުވާ ހޯދަމުން އަންނަ އިރު 95 މީހަކަށް ފަރުުވާ ދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑް ޖެހުނު 46 މީހަކު ވަނީ މަރުވެފަ އެވެ.