25 ނޮވެމްބަރ 2020 - 15:38

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅުވައިގެން ބީއެމްއެލުން ފެމިލީ ލީގަލް ކްލިނިކް (އެފްއެލްސީ) އަށް 50،000ރ. ހަދިޔާކޮށްފި އެވެ.
ބީއެމްއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެފްއެލްސީއާ ފައިސާ ހަވާލު ކުރެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ. އެ ޖަމިއްޔާގެ ފަރާތުން ފައިސާއާ ހަވާލުވީ ޖަމިއްޔާގެ ކޯ ޗެއާޕާސަން ޝަފީއާ ރިޒާ އެވެ.
ބީއެމްއެލުން ބުނި ގޮތުގައި އެ އެހީދިނީ އެފްއެލްސީން ކުރިއަށްގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ މީހުންނަށް އެހީވުމަށާއި އާއްމުން ހޭލުންތެރިކުރުވުމަށް ބާއްވާ ހަރަކާތްތަކަށް އެހީވުމަށެވެ.
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އެފްއެލްސީން ވަނީ ފާއިތުވި ހަ އަހަރު މެދުކެނޑުމެެއްނެތި މަސައްކަތްކޮށްފަ އެވެ. މިކަން ފާހަގަކޮށް، ބީއެމްއެލް އިން ވަނީ އެ މަސައްކަތްތަކަށް ޝުކުރުއަދާކޮށްފަ އެވެ.