ތޮއްޑޫގައި ޓޫރިސްޓަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަނީ
ތޮއްޑޫގައި ޓޫރިސްޓަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަނީ

އއ. ތޮއްޑޫގައި ޓޫރިސްޓަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަ؛ލަ ރިޕޯޓު ކޮށްފައި ވަނީ އިއްޔެ ހަވީރު ކަމަށާއި އެއީ އަދި ތަހުގީގު ކުރާ ކަމަކަށް ވާތީ މިވަގުތު އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ތޮއްޑޫ ކައުންސިލުން ވެސް ބުނީ އެއީ ފުލުހުން ބަލަމުން އަންނަ މައްސަލައަކަށް ވާތީ ތަފުސީލު ދެވެން ނެތް ކަމަށެވެ.

މީގެ ކުރިން ވެސް ބައެއް ޓޫރިސްޓުންނަށް ބައެއް ރަށްރަށުގައި މިފަދަ މައްސަލަތައް ކުރިމަތިވެފައި ވެ އެވެ. އަދި ޓޫރިސްޓުންނަށް އަމާޒުކޮށް، މާރާމާރީ ވެސް ހިންގާފައި ވެ އެވެ.