މަރުވެފައި އޮތް މީހަކު މާލޭ ފަޅުތެރެއިން ފެނިއްޖެ
މަރުވެފައި އޮތް މީހަކު މާލޭ ފަޅުތެރެއިން ފެނިއްޖެ

މަރުވެފައި އޮތް ފިރިހެނަކު މާލޭގެ ދެކުނު ފަރާތު ފަޅުތެރެއިން މިއަދު ހެނދުނު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މޫދަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު 9:45 ހާއިރު ލިބިފައިވާ ކަމަށާއި އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔައީ 50 އަހަރުން މަތީގެ ބިދޭސީއެއް ކަމަށާއި އެ މީހާ ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.