23 ނޮވެމްބަރ 2020 - 20:14

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ބަޔަކު ބިރު ދައްކައި ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަޕަ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 18 އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވިދާޅުވިއަސް އެކަމުގެ އިތުރު ތަފްސީލެއް ނުދެ އެވެ.
ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިންގެ ވަނަވަރާއި ރަށް ހާމަކުރުމަކީ ކުށެކެވެ.
މިދިޔަ ހަފުތާގެ ތެރޭގައި، މި އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރީ އެ ރަށަށް ދިޔަ ބަޔަކާއި ރަށުގައި ތިބި ބަޔަކު ގުޅިގެން ކަމަށް ވެ އެވެ.