22 ނޮވެމްބަރ 2020 - 14:37

ބީއެމްއެލްގެ ހިދުމަތްތަކަށް ބުރޫ އަރައި އާންމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއްޖެ އެވެ.
މައްސަލަ ދިމާވި ހިދުމަތްތަކުގެ ތެރޭގައި ބޭންކުގެ އޭޓީއެމްތަކާއި އިންޓަނެޓް ބޭންކިން އާއި ޕީއޯއެސްތައް ވެސް ހިމެނެ އެވެ. އަދި ބޭންކުގެ ވެބްސައިޓު ވެސް ވަނީ ޑައުންވެފަ އެވެ.
މި މައްސަލަ ދިމާވީ މިއަދު މެންދުރު 12:00ގެ ފަހުންނެވެ. ބޭންކުން ބުނީ މި މައްސަލަ ދިމާވީ ޓެކްނިކަލް މައްސަލައަކާ ހެދި ކަމަށެވެ.
ބޭންކުން ކުރި ޓްވީޓެއްގައި ބުނީ ވީހާވެސް އަވަހަށް މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލަތަކުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ބޭންކުން ވަނީ މާފަށް އެދިފަ އެވެ.